މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ކަޕްގެ ގުރުއަތުލުން ނަގައިފި

ފުރަތަމަ މެޗްގައި ފޭދޫ ފާހި އަދި މީދޫ ކްލަބް ލޮތާރި

ހުޅުދޫގައި  ބާއްވާ ” މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ”  ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ.

ހަ ޓީމް ވާދަކުރާ މުމުބާރާތުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ރޭ ހުޅުދޫ ޓާފް ދަނޑުގައެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ގުރޫޕް “އޭ” ގައި ހިމެނެނީ ކްލަބް ލޮތާރި ، ލޮތާރި ޖޫނިއާސް އަދި ފާހި ސްޕޯޓްސް ކްލަބެވެ .  ގުރޫޕް “ބީ” ގައި ހިމެނެނީ މައިލޯ ސިޓީ ފުޓްބޯޅަ ކްލަބް، ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑް އަދި ހުޅުދޫ ޔޫތެވެ

މިމަހުގެ 15 ވަނަ ދުވަހު ހަވީރު  ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ވާދަކުރާނީ ކްލަބް ލޮތާރި އާއި ފާހި ސްޕޯޓސް ކްލަބް ބައްދަލުކުރާމެޗެވެ.  މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ގްރޫޕެއްގެ ޓީމްތައް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލްގައި ކުޅޭގޮތަށެވެ.

މިމުބާރާތުގެ މެޗްތައް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ޓާފް ދަނޑުގައެވެ. އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދާ މި މުބާރާތް، ކޮވިޑް 19 އާއި ގުޅިގެން ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ

މި މުބާރާތް އިންތިޒާމުކުރާ އެޗްއެސްސީގެ ފަރާތުން މެރެތަން ބުނީ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި ފުޓުބޯޅަ ކުރިއަރުވައި އާލާކޮށް، ކުޅިވަރުގެ ތެރެއިން ޒުވާނުންގެ އެއްބައިވަންތަކަން ގާއިމުކޮށް، އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުންކަމަށެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސޭހަކަމާއެކު ހުޅުދޫ ޔޫތު ބަލިކޮށް، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖިއޯވެންޓް ސެމީ ފައިނަލަށް ދަތުރުކޮށްފި

މިނިވަން ކަޕް ޔޫތު ޗެލެންޖް 2022 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުގެ ބޮޑު ތަފާތަކުން ބަލިކޮށް ގްރޫޕް ބީގެ ...

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.  މި ...

މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ...