މީދޫ ސޯސަންގޭ ކައިރިން މަގު ކޮނެފައިވަނިކޮށް ސޯސަންގޭގެ ދެކުނު ފަރާތު ފާރު އެއްކޮށް ވެއްޓިއްޖެ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އެފްކޮންސް އިން ކުރިއައް ގެންދާ މީދޫ  މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން މީދޫ ޒަމާނީހިގުމުން ސޯސަންގޭ ކާރިން އެމަގު  ކާނު ހެދުމަށް ކޮނެފައިވަނިކޮށް ސޯސަންގޭ ފާރު އެއްކޮށް ވެއްޓިފައިވާ މަންޒަރެވެ.  

މައުލޫމާތު ލިބިފައިވާގޮތުގައި ސޯސަންގޭ ފާރު ވެއްޓިފައިވަނީ މިއަދު ހަވީރު 5 ޖަހާކަން ހާއިރެވެ. ސޯސަންގޭ ފާރުވެއްޓުމުން އެގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ސޯސަންގޭ ފާރު ވެއްޓިފައިވަނީ ޒަމާނީހިގުމުން ނަސީމީވާދީ ކުރިމަތިންނެވެ. ފާރުވެއްޓުމުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ވެއްޓުނު ފާރުންޖެހިފައި ނަސީމީވާދީގެ މަގުފާރުން ބައެއް ވެއްޓިފައިވެއެވެ.

ސޯސަންގެ ބައެއް ވެއްޓި މިލިބުނު ބޮޑު ގެއްލުމާއި ގުޅިގެން މީދޫ ކައުންސިލަރު ސޯލިހާއާއި ވާހަކަ ދެއްކެވުމުން ސޯލިހާ ވިދާޅުވީ އެގެން ބައެއް ވެއްޓި މިލިބުނު ގެއްލުމަކީ އެގޭގެ ކައިރިން މަގު ކޮނުމުގެ ސަބަބުން ލިބުނު ގެއްލުމަކަށްވާތީ މިކަމުގެ ފުރިހަމަ ޒިންމާ މަގު ކޮނުނު ފަރާތުން އުފުލާ އެގެއަށް ލިބުނު ގެއްލުން މަރާމާތުކޮށްދިނުމަށް އެފަރާތުން އެއްބަސް ވެފައިވާކަމަށެވެ.

28-03-2023- މީދޫ ސޯސަން -މިގޭގެ ދެކުނު ފަރާތު މަގުން ކާނު ހެދުމަށް މަގު ކޮނެފައިވަނިކޮށްގޭގެ ފާރުން ބައެއްވެއްޓިފައި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް މީދޫގައި ބޭއްވުނު ވެހިކަލްބުރާ ، ހަވީރު ސައި (20 އެޕްރީލް 2024)

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް މީދޫގައި ބޭއްވުނު ވެހިކަލް ބުރު (20 އެޕްރީލް 2024) ޕީޕީއެމް ޕީއެންސީގެ ...

ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖަހަން ނިންމީ ރައީސް ސާލިހުގެ މަޝްވަރާގެ މަތިންނެއް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ އިންތިހާބީ ރައީސް ޑރ މުހައްމަދު ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 18 ޑިސެމަބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...