މިސްރުގެ ޤުރުއާން މުބާރާތުން ޝާޔާ ހޯދި ކާމިޔާބީ ސަރުކާރުން ފާހަގަކުރައްވައިފި

މިސްރުގައި ބޭއްވި 29 ވަނަ “އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން” މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ، ފާތިމަތު ޝާޔާ ޒާހިރު ހޯދުމާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.

މުބާރާތް ނިންމާލުމަށްފަހު ޝަޔާ ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝާޔާއާއި ބައްދަލުކުރައްވައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޝާޔާއަށް މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި ޝާޔާގެ މައިންބަފައިން ކުރައްވަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި، ހެޔޮ ޖަޒާދެއްވާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި މުބާރާތުގައި ޝާޔާ ބައިވެރިވެފައިވަނީ ޢަރަބިން ވާހަކަ ނުދައްކާ ޤައުމުތަކުގެ ތެރެއިން، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ. މި ބައިން ޝާޔާ ފަޚްރުވެރި 2 ވަނަ ޙާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނީ އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެންނެވެ.

މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް 150000 (އެއްލައްކަ ފަންސާސް ހާސް) މިޞްރު ޕައުންޑް އިނާމެއްގެ ގޮތުގައިވަނީ ލިބިފައެވެ.

ޝާޔާއަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަދު ޙާސިލްކޮށްފައިވާ ދަރިވަރެކެވެ.

އަދި ޝާޔާއަކީ 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައިވެސް ދިވެހި ރާއްޖެ ތަމްސީލުކޮށްފައިވާ ދަރިވަރެކެވެ.

މިސްރުގެ މި ޤުރުއާން މުބާރާތަށް ޝާޔާ ހޮވިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ދިން ފުރުޞަތުގައި، އިމްތިހާނުކޮށް އެންމެ ރަނގަޅަށް މާކްސް ލިބިގެންނެވެ.

ޝާޔާއަށް މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްއާއި، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އައު ޕްލޭންތަކެއް އުރީދޫއިން ތައާރަފްކޮށްފި!

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ. މި ...

ސާވިސް ޗާޖުދޭން މަޖުބޫރުވާ އިސްލާހެއް ހުށައަޅައިފި

ސާވިސް ޗާޖުދޭން މަޖުބޫރުވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް އިއްޔެ ހުށައަޅައިފި އެވެ. އިއްޔެ މަޖިލީހުގައި ފުރަތަމަ ކިޔުން ...

ޕާކިސްތާނުން ގެންނެވި ހާފިޒު މީހާ ތަރާސް ނަމާދުކުރަން ފަށައިފި

މިއަހަރުގެ ރަމްޟާންމަހު މީދޫ މަޖުދުއްދީން މިސްކިތުގައި އިމާމްވެ ތަރާވީހް ނަމާދުކުރުމަށް ޕާކިސްތާނުންގެނެސްފައިވާ  ހާފިޒު މަޖުދުއްދީން މިސްކިތުގައި ތަރާވިސް ނަމާދު ...