ފީފާ ވޯލްޑްކަޕް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ. އެޓީމުން ކްއާޓާ ފައިނަލުން ޖާގަހޯދީ 6-1 އިން ސުވިޒްލޭންޑް ބަލިކުރުމަށް ފަހުއެވެ.
ޕޯޗްގަލްގެ ފުރަތަމަ އެގާރައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމައި ސްވިޒްލޭންޑާއި ދެކޮޅަށް ޕޯޗްގަލް ކުޅުނު މިމެޗްގައި ރޮނާލްޑޯގެ ބަދަލުގައި ކުޅެންއެރުވި އުމުރުން 21 އަހަރުގެ ގޮންސާލޯ ރާމޯސް ވަނީ މިމުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. އަނެއްކޮޅުން އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ގޯލު ޖެހި ޕޯޗުގަލްގެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ރާމޯސް މިމެޗްގައި ހެޓްރިކް ހަދާ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ދުނިޔޭގެ މީޑިއާގެ ސަމާލުކަން އޭނާ އަށް ވަނީ ހުއްޓިފަ އެވެ. މިއާއިއެކު ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ގިނަ ކްލަބް ތަކަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވެ އެވެ.
ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މިމެޗު ގައި ސްވިޒްލޭންޑް ބަލިކޮށް 2006 ވަނަ އަހަރަށް ފަހު ކުއާޓާ ފައިނަލުގެ ޖާގައެއް ޕޯޗުގަލުން ހޯދިއިރު މި މެޗުގައި އެޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ.
މިމެޗްގައި ޕޯޗްގަލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖޯއޯ ފީލިކްސް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ރާމޮސް އެވެ..
ފުރަތަމަ ހާފު ނިމުމުގެ ކުރިން 37 އަހަރުގެ ޕެޕޭ ވަނީ ޕޯޗުގަލްއަށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ބްރޫނޯ ފެނާންޑޭސްގެ ކޯނަރަކުން ޕެޕޭ މިގޯލު ޖެހިއިރު މިލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ނޮކްއައުޓް ބުރުގައި ގޯލެއް ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
ޕެޕޭ ޖެހިލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ނޮކްއައުޓް ބުރުގައި ގޯލެއް ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށް
ދެވަނަ ހާފު ފަށައިގެން މެޗްގެ 51 ވަނަ މިނިޓްގައި ރާމޮސްގެ ލަނޑުން ޕޯޗުގަލުން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބު ކުރިއިރު އޭގެ 4 ވަރަކަށް މިނެޓު ފަހުން މެޗްގެ 55 ވަނަ މިނިޓްގައި ރަފައެލް ގަރޭރޯ ޕޯޗުގަލްގެ 4 ވަނަ ލަނޑު ޖަހައިދިނެވެ.
ސްވިޒަލޭންޑުން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު 58 މިނެޓުގައި އަކަންޖީ ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ކޯނަރަކުން ފޮނުވާލި ބޯޅައަކުންނެވެ.
މިލަނޑަށް ފަހު ޕޯޗުގަލުން ސްވިޒަލޭންޑުގެ ޑިފެންސަށް ބާރުބޮޑުކޮށް މެޗްގެ 67 ވަަނ މިނިޓްގައި ރާމޮސް ވަނީ އޭނާގެ 3 ވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޕޯޗުގަލުގެ ފަހު ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަފައެލް ލިއާއޯ އެވެ.
މިމެޗާއެކު ދެވަނަ ބުރުގެ މެޗުތައް ނިމުނުއިރު ޕޯޗުގަލުން ކުއާޓާގައި ނުކުންނާނީ ސްޕެއިން ކަޓުވާލާ ކުއާޓާއަށް ދަތުރުކުރި މޮރޮކޯއާ ދެކޮޅަށެވެ.
ކުއާޓާގެ މެޗުތަކަށް ބަލާއިރު އިންގްލެންޑުން ފްރާންސާ ބައްދަލުކުރާއިރު އާޖެންޓީނާއިން ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. ބްރެޒިލުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނައިރު ޕޯޗުގަލް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
ކޮމެންޓްސް (0)