ޗެމްޕިއަންސް ލީގު: އޭސީމިލާން ބަލިކޮށް އިންޓަމިލާން ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިޓަލީގެ އިންޓަ މިލާން ޖާގަ ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަމިލާން ޖާގަހޯދީ ސެމީފައިނަލްގައި  ވާދަވެރި އޭސީ މިލާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

 މި ދެ ޓީމް ފާއިތުވި ހަފްތާގައި ސެމީ ފައިނަލު ފުރަތަމަ ލެގުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއިން އިންޓަމިލާން ކާމިޔާބުކޮށްފައިވަނިކޮށް މިހަފްތާގައި ކުޅުނު ދެވަނަ ލެގްގެ މެޗުންވެސް 1 -0 އިން އިންޓަމިލާން ކާމިޔާބުކުރުމާގައި ގުޅިގެން އިންޓައަށް ފައިނަލުން ޖާގަ ލިބިފައި ވަނީ މިލާނުގެ މައްޗަށް 3-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދުމާއި ގުޅިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު ކާމިޔާބު ކޮށްފައިވާ އިންޓަ މިލާނުން އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ކުޅެފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ. އެއީ 2010 ވަނަ އަހަރު އިންޓަގެ ކޯޗަކަށް މޮރީނިއޯ ހުރިއިރުއެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅެ އިންޓަ ވަނީ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ޗެލެންޖާސް އަތުން ޓީމް ގަރާޖް ބަލިވެއްޖެ

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޗެލެންޖާސް ކުޅުނު ...

މާލީ އަޑިގަނޑުން ބާސާއަށް އަރައިގަނެވިއްޖެކަމަށް ލަޕޯޓާ ބުނެފި

ސްޕެއިންގެ ގަދަބާރު ބާސެލޯނާ މާލީ އަޑިގަނޑެއްގެ ތެރޭގައި އޮތް ނަމަވެސް މިހާރު އެކުލަބަށް އެހާލަތު ބަދަލުކޮށް ރަނގަޅު ފައްތަރަކަށް ...

ޝަރަފުއްދީން ކަޓުވާލާ ހުޅުދޫ ސްކޫލްފައިނަލަށް

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި  ހިތަދޫ ޝަރަފުއްދީން ސްކޫލް ކަޓުވާލާ، ހުޅުދޫ ސްކޫލް ފައިނަލަށް ދަތުރުކޮށްފިއެވެ. ...