ފަހުވަގުތު ޖެހި ލަނޑާއެކު ކޮސްޓަ ރިކާއިން ޖަޕާން ބަލިކޮށްފި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ކޮސްޓަ ރިކާއިން އޭޝިއާގެ ގަދަބާރު ޖަޕާނު ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް އުއްމީދު އާކޮށްފި އެވެ

މިފަހަރުގެ މުބާރާތުގައި ދަށް ޓީމުތަކުން ބޮޑެތި ގަދަބާރުތައް ބަލިކުރަމުން އަންނައިރު މިފަހަރު ގްރޫޕް އީގައި ޖަޕާނުން ވެސް ވަނީ ފުރަތަމަ މެޗުގައި 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު 2 – 1 ން ބަލިކޮށްފަ އެވެ.

އަނެއްކޮޅުން ކޮސްޓަ ރިކާ ވަނީ ފުރަތަމަ މެޗުން ސްޕެއިން އަތުން 7 – 0 ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

ކޮސްޓަ ރިކާއިން ޖަޕާން ބައްދަލުކުރި މެޗުން ޖަޕާން ބަލިވެފައިވަނީ 1 – 0 ގެ ހަނި ތަފާތަކުންނެވެ.

މެޗުގައި ކޮސްޓަ ރިކާއިން ލަނޑު ޖެހީ ވެސް މެޗު ނިމެން 9 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ކޮސްޓަ ރިކާއިން ލީޑު ނެގީ 81 ވަނަ މިނެޓުގަ އެވެ. ކޭޝީ ފުލާ ސްޕެންސް ޖަހައިދިން މިގޯލާއެކު ކޮސްޓަ ރިކާއަށް މިވަނީ ކުރިއަށް ދިއުމަށް އޮތް އުއްމީދު އާވެފަ އެވެ.

މީގެކުރިން ޖަޕާނާއި ކޮސްޓަ ރިކާ 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އެމެޗުތަކުގެ ތެރެއިން 3 މެޗުން ޖަޕާނު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ބައިނަލްއަގްވާމީ މެޗެއްގައި ކޮސްޓަ ރިކާއިން ޖަޕާން ބަލިކުރި މީ ފުރަތަމަ ފަހަރެވެ. ކުރިން ކުޅެވުނު 4 މެޗަކީ ވެސް ފްރެންޑްލީސް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓޫބްރަދާސްއާއި ގައުމު އެފްސީގެ ކުރިމަތިލުން އެއްވަރު

ގަންބުރި ކަޕް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓްބޯޅަ  މުބާރާތުގައި ޓޫބްރަދާސްއާއި ގައުމު އެފްސީ ބައްދަލުކުރި ...

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ފުރަތަމަމެޗް ކާމިޔާބުކުރީ ޓީމް ލިޓަސް ދެވަނަމެޗް ކާމިޔާބުކުރީ ޓީމް ގަރާޖް

Advertisement އައްޑޫސިޓީ ފޭދޫގައި “ޖޯލިއަންސް މިކްސް ވޮލީ މުބާރާތް ”  ނަމުގައި މިކްސް ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ. ފޭދޫގެ ...

ކުޑަހުވަދޫ އާއި ފުވައްމުލައް ސިޓީގެ މެޗުން މިރޭ ގޯލްޑް ކަޕް ފަށަނީ

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 90 ޕްލަސް ގޯލްޑް ކަޕް ...