މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި

ފީފާ ވޯލްޑްކަޕް 2022 ގައި މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ފުޓްބޯޅައިގެ ގަދަބާރު ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި އެވެ.

ބެލްޖިއަމް އަތުން މޮރޮކޯ ހޯދި މޮޅަކީ އެގައުމުގެ ތާރީހުގައި ވޯލްޑް ކަޕުގައި ހޯދި 3 ވަނަ މޮޅެވެ. އަދި މިމޮޅު ހާއްސަވެގެންދަނީ ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓީމެއް ބަލިކުރެވުމުންނެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް އެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބެލްޖިއަމުންނެވެ.

ގޯލާ އަމާޒުކޮށް މޮރޮކޯއިން 4 ހަމަލާއެއް ފޮނުވާލިއިރު ބެލްޖިއަމަށް ފޮނުވާލެވުނީ 3 ހަމަލާ އެވެ. އަދި މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގެ ކުރީކޮޅު ވެސް ލަނޑެއް ފެނިގެންނުދާއިރު މެޗުގައި މޮރޮކޯއިން ލަނޑުތައް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ.

73 ވަނަ މިނެޓުގައި ލިބުނު ފްރީކިކަކުން މޮރޮކޯއަށް ލީޑު ނަގައިދިނީ އަބްދެލްހަމީދް ސަބީރީ އެވެ. ސަބީރީގެ މި ފްރީ ކިކަކީ ސީދާ ޑައިރެކްޓް ފްރީ ކިކަކުން މޮރޮކޯއިން ވޯލްޑްކަޕުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މިފަހަރުގެ ވޯލްޑްކަޕުގައި ފްރީ ކިކަކުން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

މެޗުގައި މޮރޮކޯގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ އިތުރުވަގުތުގެ ތެރޭގަ އެވެ. 92 ވަނަ މިނެޓުގައި ޒަކަރިޔާ އަބޯލާލްގެ ލަނޑުން މޮރޮކޯއިން ވަނީ ބެލްޖިއަމް ބަލިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ބަންގްލަދޭޝްގައި ކޮކްސް ބާޒާރުގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން ބީޗްވޮލީބޯލް ޓުއާގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ...

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...