“ފެނަކަ އައިސް” ގެ ނަމުގައި ފަސޭހަކަމާއެކު އައިސް ހޯދަން މަގުފަހިވާނެ އެޕެއް ފެނަކައިން ތައާރަފްކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަން “ފެނަކަ އައިސް” ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަޙްމަދު ސައީދެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަން “ފެނަކަ އައިސް” އެޕްލިކޭޝަން ލޯންޗްކުރީ މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓް ފެނަކައިގެދަށަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ ސީއީއޯ އަޙްމަދު ސައީދު ވިދާޅުވީ، ފެނަކައާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމާއެކު އެކުންފުނިން އެންމެ އިސްކަމެއްދީގެން ކުރާނީ ޔަޤީންކަމާއެކު މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. އެޕަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހިއްޖެނަމަ އެކުންފުނިން އެކަން ކުރާނެކަމަށެވެ. މީގެއިތުރުން މޫސުމީ މަސްވެރިކަމަށް ބަލައި އައިސް ލިބުމުގައި މަސްވެރިންނަށް ކްރެޑިޓް ސްކީމެއްވެސް ތައާރަފްކުރާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

“މި ޚިދުމަތް މަސްވެރިންނަށް ދިނުމަށް ކުރިއާލާ ރޭވިގެން އައިސް ލިބޭނެ އެޕެއް އަޅުގަނޑުމެން މި ތަޢާރަފްކުރީ. އެހެންވީމަ އަޅުގަނޑުމެން އެ އެޕް މެދުވެރިކޮށް މާބޮޑު ތަކުލީފުތަކެއް މެދުވެރިނުކޮށް އެ އެޕް މެދުވެރިކޮށް މަސްވެރިންނަށް އައިސް ލިބޭނެ މެކޭނިޒަމްއެއް ފުރިހަމަވެގެންދާނެ. އަޅުގަނޑުމެން މަސްވެރިންނާއި ވަރަށް ގާތުން މަޝްވަރާކުރާނަން. އެއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހިއްޖެނަމަ އަޅުގަނޑުމެން އެކަން ކުރާނަން. ހަމައެހެންމެ މޫސުމީ މަސްވެރިކަމަށް ބަލާފައި އައިސް ލިބުމުގައި މަސްވެރިންނަށް ކްރެޑިޓް ސްކީމެއްވެސް ތަޢާރަފްކުރާނަން.” ސައީދު ވިދާޅުވިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އެއްވެސް ބޭނުންވަރަކަށް އައިސް ލިބޭނެއެވެ. އަދި އައިސް ބޭނުންވަނީ ކޮން ރަށަކުންތޯއާއި، ބޭނުންވަނީ ކިހާ މިންވަރެއްތޯއާއި، ލިބޭނީ ކިހާ ވަރަކަށްތޯ ބެލޭނެއެވެ. އަދި އޯޑަރ ޔަޤީންވުމުން އެކަން މަސްވެރިންނަށް މެސެޖަކުން އެނގޭނެއެވެ. www.ice.fenaka.mv މެދުވެރިކޮށް މި އެޕްލިކޭޝަންއަށް ވަދެވޭނެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދުގެ ސަރުކާރުގައި ނަގާފައިހުރި އާންމު ރައްޔިތުންގެ ބިންތައް އެރައްޔިތުންނަށް އަނބުރާ ދެނީ

ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގެ ޢާއްމު ރައްޔިތުން އަތުން ނަގާފައިހުރި އެ ރައްޔިތުންގެ ބިންތައް އަނބުރާ ދޭން ނިންމަވައި ...

އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ރައީސް ނަޝީދު މަރުޚަބާ ދަންނަވައިފި!

ރާއްޖޭގެ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ...

އައްޑޫގެ  ބިން ހިއްކުމަށް ވެންއޫދުން ގެނައި  ބޯޓު އައްޑުއަށް ބަނދަރުކޮށްފި

ވެން އޫދުން އައްޑޫސިޓީގެ ބިން ހިއްކުމަށް ގެނައި  ޖައްރާފު އައްޑޫގައި ބަނދަރުކޮށްފިއެވެ. ވެން އޫދުން އައްޑޫސިޓީ ބިންހިއްކުމަށް ގެނައި ...