ބައެއް އައިސްޕްލާންޓުތައް ފެނަކައާ ޙަހަވާލުކުރީ އައިސްގެ އަގު ހެޔޮކުރުމަށް – މިނިސްޓަރު

ބައެއް އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ، މަސްވެރިންނަށް ފޮރުކޮށްދޭ އައިސްގެ އަގު ހެޔޮ ކުރުމަށްކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިފްކޯއިން ހިނގަމުން އަންނަ ބައެއް އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފެނަކައާ ހަވާލުކޮށްފައިވަނީ މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެކެވެ. ފެނަކައާ އައިސްޕްލާންޓުތައް ހަވާލުކުރުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނަކައިގެ އޮފީސްތައް މިހާރު އެބަހުރި ކަމަށެވެ. އެހެންކަމުން އައިސްޕްލާންޓުތަކަށް ޖެހޭ މައްސަލަތައްވެސް އަވަހަށް ހައްލުކުރުމަށް އެކުންފުންޏަށް ފަސޭހަވާނެ ކަމަށެވެ.

ފެނަކައިގެ އޮފީސްތަކުގައި އިންޖިނިއަރުންނާއި މީހުން ތިބޭ.، އެހެންވީމަ އައިސްޕްލާންޓަށް މައްސަލައެއް ދިމާވެއްޖެނަމަ އެއަށް އެޓެންޑުވާނެ މީހުން ތިބޭނެ، މިފްކޯއިން އެކަން ކުރާއިރު، ޕްލާންޓަކަށް މައްސަލައެއް ދިމާވީމާ ވަރަށް ދިގު ދަތުރެއްކޮށްގެން އެކަން ވެވެނީ،

މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ފެނަކައަކީ ކަރަންޓު ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ކަރަންޓު ފޯރުކޮށްދޭ އަގު ހެޔޮވުމާއެކު އައިސް ވިއްކާ އަގުވެސް ހެޔޮވެގެންދާނެ ކަަމަށެވެ.

އެންމެ އަގުހެޔޮކޮށް ކަރަންޓު ފޯރުކޯށްދެވިގެން އައިސް، އަގުހެޔޮކޮށް އުފެއްދޭނީވެސް އިންޖީނުތައް ހިނގާއިރު، އޯވަރ ކެޕޭސިޓީ ހުރޭ، އެހެން ވީމާ އިޤްތިސާދީގޮތުން ސޭވްވާނެ، އެހެންވީމާ މިހާރަށްވުރެ އަގުހެޔޮކޮށް އައިސް ފޯރުކޮށްދެވޭނެ

މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިގެންނަ ބަދަލާއެކު މިފްކޯއަށް އެކުންފުނީގެ އެހެން އޮޕަރޭޝަންތަކަށް އިސްކަން ދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިފްކޯގެ މަސްގަނެ މަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތަށް އިސްކަންދެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫ މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ!

ކޯވިޑް19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓާ، ކޮވިޑް19 ގެ ސަބަބުން ދުރުގައި ތިބި ...

ފޭދޫގައި ބެޑްމިންޓަން ކޯޓެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

އައްޑޫ  ސިޓީ ފޭދޫގައި  އިންޑޯ ބެޑްމިންޓަން ކޯޓެއް  އެޅުމަށް  ބަޔަކާއި ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީން ބުނީ، ފޭދޫ އިންޑޯ ...

ސަރުކާރުގެ އަމާޒަކީ ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތައް ދަރިވަރުންނަށް ހޯދައިދިނުން -ރައީސް ސޯލިހު

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުންކަމުގައި ...