ޓެރަރިޒަމްގެ ބިރު އޮތްކަމަށް ބުނެ އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި

ޓެރަރިސްޓު ހަމަލާއެއް ދީފާނެތީ ރާއްޖެއަށް އަންނަ އެމެރިކާ މީހުން ސަމާލުވެ ތިބުމަށް އަންގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފިއެވެ.

އެ އެޑްވައިޒަރީގައި ބުނެފައިވަނީ ޓެރަރިސްޓު ގުރޫޕުތަކުން އިންޒާރަކާ ނުލައިވެސް ރާއްޖޭގައި ފަތުރުވެރިން ޒިޔާރަތް ކުރާ ތަންތަނަށާއި ދަތުރުފަތުރު ކުރާ ތަންތަނަށާއި، މާރުކޭޓާއި ޝޮޕިން މޯލްތަކާއި ސަރުކާރުގެ އިދާރާތަކަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އަދި އެކަހެރި ރަށްތަކުގައިވެސް ހަމަލާއެއް ދީފާނެކަމުގެ ނުރައްކާ އޮތް ކަމަށާއި އެފަދަ ހާލަތެއްގައި ކަމާ ބެހޭ ފަރާތްތަކުން އެހީ ފޯރުކޮށް ދިނުން ލަސްވާނެ ކަމަށް އެޑްވައިޒަރީގައި ވެއެވެ.

މީގެ އިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އެގައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ކުރާ އިރު އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ނޫސްތައް ބަލައި، ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުވުމާއި ހުޅަނގުގެ މީހުން އެއްވެ އުޅޭ ތަންތަނުގައި އިތުރަށް ސަމާލުވުމަށް އަންގާފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑު ޗުއްޓީގެ ދުވަސްވަރު ބަދަލުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލު ކުރުމާބެހޭ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ ...

އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. ...

އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައް ދައްކާ އައިސްޓީވީ ދިރާގުޓީވީއަށް

ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފް ކޮށްފިއެވެ. ރާއްޖެއަށް މިހާރު އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަ. ...