ވީއައިއޭގެ ޓާމިނަލް އަޅާ ބިންލާދިން ގްރޫޕު ސައުދީ ސަރުކާރުގެ ބާރުގެ ދަށަށް؟!

ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެޅުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕު، ސައުދީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައިވާ ކަމަށް ޚަބަރު ފެތުރެން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި 300 މިލިޔަން ޑޮލަރުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް އިމާރާތެއް އެޅުމަށް ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމުގައިވާ ސައުދީ ބިންލާދިން ގްރޫޕުގެ ޗެއާމަން ބަކުރު ބިންލާދިންއާއި، އެ އާއިލާގެ ބައެއް މެމްބަރުން މިވަގުތު ތިބީ ސައުދީ ސަރުކާރުގެ ހައްޔަރުގައެވެ.

ކުންފުނީގެ އިސްވެރިން ހައްޔަރުގައި ތިބި އިރު، ސައުދީ ސަރުކާރުން އެ ކުންފުނި ހިންގުމާ ހަވާލުވެ، އެކުންފުނީގެ ބައެއް މުދާ ސަރުކާރަށް ނަގާ ކަމުގެ ވާހަކަތަކެއް ދެކެވޭ ކަމަށް، މައުލޫމާތު ހާމަކުރި މަސްދަރުތަކާ ހަވާލައިދީ، ރޮއިޓާސްއިން ބުނެއެވެ.

ރޮއިޓާސްއިން ބުނާ ގޮތުގައި، ސައުދީ ސަރުކާރުން މި ފިޔަވަޅު އަޅަނީ، ބިންލާދިން ގްރޫޕުން ސަރުކާރަށް ދައްކަންޖެހޭ 100 ބިލިޔަނެއްހާ ޑޮލަރު އަނބުރާ ހޯދުމުގެ ގޮތުންނެވެ.

ބިންލާދިން ގްރޫޕުގެ އިސްވެރިން ސައުދީ ސަރުކާރުގެ ހައްޔަރުގައި މިވަގުތު ތިބި އިރު، އެކުންފުނީގެ ވިޔަފާރީގެ ކަންކަން ވަގުތީގޮތުން ހިންގުމަށް ސައުދީ ސަރުކާރުން ފަސް މެމްބަރުން އެކުލެވޭ ކޮމިޓީއެއް ވަނީ އެކުލަވާފައިފައެވެ.

ސައުދީ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށް، އެގައުމުގެ

ބިންލާދިން ގްރޫޕަކީ ސައުދީ ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އައި ކުންފުންޏެވެ. އެގޮތުން، މައްކާގެ ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއުވެސް ހިންގީ އެކުންފުނިންނެވެ. ނަމަވެސް ހަރަމްފުޅުގައި ކެރޭނުތަކެއް ވެއްޓި ހިނގި ހާދިސާއަށް ފަހު، ބިންލާދިން ގްރޫޕުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އަދި ކުންފުނީގެ 100،000 އެއްހާ މުވައްޒަފުންގެ ތެރެއިން އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރަންވެސް ޖެހުނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޭރުގެ ފައިސާ ގެނެވޭގޮތަށް ބީއެމްއެލުން އަލުން އީ-ވޮލެޓުގެ ހިދުމަތް ފަށައިފި

ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް އަލުން ބީއެލްއެލުން ހުޅުވާލައިފި އެވެ. ބޭރުގެ ...

ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އައު ޕްލޭންތަކެއް އުރީދޫއިން ތައާރަފްކޮށްފި!

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ. މި ...

އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. ...