ނަޝީދު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް: ރައީސް

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމަކީ އެމަނިކުފާނު ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ފެށުނު ކޮންގްރެސްގެ އެންމެ ފަހު އައިޓަމަކަށް އޮތީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނަޝީދު ހުށަހެޅުއްވި ޤަރާރަށް ބަހުސްކޮށް ގޮތެއް ނިންމުމެވެ.

އެހެންކަމުން ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ ޤަރާރު ހުށަހަޅަން ނަޝީދަށް ފުރުސަތު ދެއްވައިފައެވެ.

ނަމަވެސް ރައީސް ޞާލިޙާއެކުގައި ސްޓޭޖަށް ވަޑައިގެން ނަޝީދު ވިދާޅުވީ ޤަރާރާ ގުޅޭ ގޮތުން ރައީސް ޞާލިޙާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުންނަށް އެއްބަސްވެވުނީ ނިޒާމީ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަވަން ކަމަށާއި، މި ވަގުތަށް ޤަރާރު ބާއްވާފައި ކޮންގްރެސްގައި މަޝްވަރާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

އެއަށްފަހު ރައީސް ޞާލިޙް ވިދާޅުވީ ނަޝީދުގެ ހުށަހެޅުން ކުރިއަށް ނުގެންދަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

މިދިޔަ ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ތަނުގައި ހަރަކާތްތެރިވަމުންދިޔައިރު ވެސް އަޅުގަނޑުމެންގެ މި ޓެންޝަން ހުރި. އެހެންނަމަވެސް މިއަދު ކޮންގްރެސް ނިމިގެން މިދަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑު ދެކޭ ގޮތުގައި ފުރިހަމަ މެޗުއަރ ޕާޓީއެއްގެ ގޮތުގަ

ރައީސް ސޯލިހުވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ތަފާތު ފިކުރެއް ހުންނާނެ މީހެއް ކަމަށާއި، އަދި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް މިއަދު ހާމަވީ އެންމެން އެކުގައި ކުރިއަށްދާން ތިބިކަން ކަމަށް ރައީސް ވިދާޅުވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވީމީޑިއާ ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް މުވައްޒަފުންނަށް އަންގައިފި

އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (އައިބީސީ) ގެ ދަށުން ހިންގާ ވީމީޑިއާގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެ ...

ކޯވިޑް-19 : އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 5 ...

އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ފެށުމަށް ރައީސް ސޯލިހު ކޮމަންޑުއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، މުހައްމަދު ރާޝިދުގެ ކެމްޕެއިން ފެށުމަށް ...