އިސްރާއީލުން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް ހަމަލާ ދީފި

އިސްރާއީލުން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފިއެވެ.

ސޫރިޔާ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ފައިޓަރ ޖެޓުންނާއި މިސައިލުން ދިމިޝްގުގެ ގުތައިފާ ސަރަހައްދަށް އަންގާރަ ދުވަހު ވަނީ ހަމަލާތަކެއްދީފައެވެ. އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ދިން ހަމަލާތަކުގެ ތެރެއިން ޙަމަލާއެއް އިސްރާއީލުގެ ފައިޓަރ ޖެޓަކަށް އެރިކަމަށްވެސް ސޫރިޔާގެ އަސްކަރީ ބަޔާން ބުނެއެވެ.

އިސްރާއީލުން ސޫރިޔާއަށް ދޭ އުދުވާނީ ހަމަލާތައް އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި ސޫރިޔާގެ އަސްކަރީ ބައެއް މަރުކަޒުތަކަށާއި އަސްކަރީ ދިރާސާތައް ކުރާ ލެބޯޓްރީތަކަށާއި ހަތިޔާރު ގުދަންތަކަށެވެ. އަންގާރަ ދުވަހު އިސްރާއީލުން ސޫރިޔާއަށް ދިން ޙަމަލަތަކާބެހޭގޮތުން އިސްރާއީލުން ބަޔާނެއް ދީފައެއްނުވެއެވެ.

ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ސޫރިޔާއަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދެމުން މިގެންދަނީ ސޫރިޔާ މިހާރު އޮތް ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އިސްރާއީލުންވަނީ ސޫރިޔާގެ އުސް ބިންތަކެއް ކަމަށްވާ ގޯލާންގެ ބިންތަކަށްވެސް ގަދަބާރުން ވެރިވެގަނެ އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ފަށާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...

ޒައިނަބްގެ ޤާތިލު މީގެ ކުރިންވެސް ކުޑަ ކުދިން ރޭޕް ކުރުމަށްފަހު މަރާފައިވޭ

ޕާކިސްތާނުގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލި މީހާ އަކީ، އެފަދަ އަމަލުތައް މީގެ ...

އިންޑިޔާގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޑުއުފުލުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި ...