ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު މަޝްރޫއު ހުއްޓާލަން އީޕީއޭއިން އަންގައިފި

އައްޑޫ ސިޓީ ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓާލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އޭޖެންސީގެ ފަރާތުން ހައުސިން މިނިސްޓްރީއަށް 28 ޖޫން 2020ގައި ދޫކޮށްފައިވާ އެ ދެ މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ގަބޫލުކުރިކަމުގެ ލިޔުމާ ހިލާފަށް މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އީއައިއޭ ހެދުމާބެހޭ ގަވާއިދުގެ ދަށުން އެ މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލަން މިއަދު މަޝްރޫއުގެ އެދިޔާރަށް އަންގާފައިވާނެ ކަމަށް ބުނެފައިވެ އެވެ.

މާޗް 1، 2020ގައި އެމްޓީސީސީއާ ހަވާލުކުރި ހުޅުދޫ ބަނދަރު މަޝްރޫއު ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ޖުމުލަ 66.3 މިލިއަން ރުފިޔާގެ މި މަޝްރޫއު ހުއްޓާލަން އެންގި އިރު، މަޝްރޫއުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ޑިޒައިން ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް 69 މިލިއަން ރުފިޔާގެ އަގަކަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 30، 2019 ގައެވެ.

އެ މަޝްރޫއުގެ ދަށުންވެސް ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ވަނީ ނިމިފަ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޯކައިދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަން ރޯދަވީއްލުމެއް

ށ ފޯކައިދޫގައި ދިރިއުޅޭ މުސްލިމް ބިދޭސީ މަސަކަތްތެރިންނަށް ފޯކައިދޫ ކައުންސިލާއި އާންމު ބައެއް ފަރާތްތަކުން ރޯދަ ވީއްލުމެއް ދީފި ...

މަހްލޫފްގެ މައްސަލައިގެ އިތުރު ހެއްކާއި ގުޅޭ ލިޔުންތައް ހުށައަޅަން ޕީޖީން އޭސީސީގައި އެދިއްޖެ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ ...

ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ- ރައީސް ސޯލިހު

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހްކުރާނެކަމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވައިފިއެވެ. މިފަދަ ސިގްނަލެއް ރައީސް ސާލިހް ...