ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ހަދަން ފަށައިފި

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި ހަދައިދޭން  ފަށައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން  އެންޓިޖެން ޓެސްޓު ހެދުމުގެ ހިދުމަތް ދޭނީ ތިން ތަނަކުން ކަމަށާއި އެއީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުންނާއި، ހެންވޭރު ދަނޑު އަދި ސޯޝަލް ސެންޓަރުން ކަމަށެވެ.

މީގެ އިތުރަށް ހުޅުމާލޭ ފޭސް ދޭއްގައި ވެސް މާދަމާ އެންޓިޖެން ޓެސްޓު ހަދައިދޭ ތަނެއް ހުޅުވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.  ކޮވިޑުގެ އެއްވެސް އާލާމާތެއް ފެންނަ ނަމަ، އެންޓިޖެން ޓެސްޓު ހަދައިދޭ ތަނަކަށް ދިއުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިފައެވެ.

އެ ސެންޓަރުތަކުގެ އިތުރުން އައިޖީއެމްއެޗާއި ބައެއް ކުލިނިކުތަކުން ވެސް އެންޓިޖެން ޓެސްޓު ކިޓުން ކޮވިޑަށް ޓެސްޓުކުރެއެވެ. ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ހުއްދަދީފައި ނުވި ނަމަވެސް، ބައެއް ރިސޯޓުތަކުން ކޮވިޑަށް ޓެސްޓު ކުރުމަށް މި ކިޓު ބޭނުން ކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުތައް ރާއްޖޭގައި އާންމުކޮށް ބޭނުންކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުން ޓެސްޓުކޮށް 15 މިނިޓު ތެރޭގައި ދެ ރޮނގު ބުރި އަރައިފިނަމަ އެމީހަކު ޕޮޒިޓިވް ވާނެއެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް މި ކިޓު ބޭނުންކުރެއެވެ. ކޮވިޑް ޓެސްޓްގެ ނަތީޖާ އަވަހަށް ލިބޭނެ ޓެސްޓެއް ކުރަން ފަށާފައި މިވަނީ އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި ބަލީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ދުވަސް ވަރެއްގައެވެ. 

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ އެވެ. ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ...

ފުވައްމުލަކަށް މުދާ ހިފާގެން ދިޔަ ނާލު ބޯޓުން ދަތުރުކުރި ފަރާތްތައް އެކަހެރި ކޮށްފި

މާލެ ފުވައްމުލަކަށް މުދާ ހިފައިގެންދިޔަ ( ނާލު ބޯޓް) އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން ކޮވިޑް 19 އާއި ...

އާ ސަރުކާރުގައި ފެނަކައިިގެ އެމްޑީއަކަށް މުއާޒު

މި މަހުގެ 17 ވަނަ ދުވަހު އުފެދޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ...