ގދ ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ

އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އެރަށުން މިއަދު ރެކޯޑް އަދަދަކަށް ކޮވިޑް-19އަށް މީހުން ފައްސިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދު އެކަނި ވެސް 50 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ މިހާތަނަށް އެއްދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ތިނަދޫން ފައްސިވި ދުވަހެވެ.

ތިނަދޫގެ އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 118 މީހުން އެބަތިއްބެވެ.

ތިނަދޫގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އަދި އެއްތާވި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުން ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ތިނަދޫ އެންމެ ފަހުން މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސެމީގައި މައިލޯއާއި ޒެފިޔާ އަދި އެސްކޭޕީ ޔުނައިޓެޑާ ހުޅުދޫ އެފްސީގެ ކުރިމަތިލުމެއް

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ  ސެމީ ފައިނަލުގައި ހިތަދޫ ޒެފިޔާއާއި ހިތަދޫ މައިލޯސިޓީ  އަދި ހިތަދޫ ...

އަމިއްލަ ފަރާތަކުން ރަނގަޅު ފެންވަރަކަށްހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

އައްޑޫސިޓީގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއްކަމުގައިވާ، ހ. އަސްފަރު، އިދުރީސް ޤާސިމް (ތަރިކަ، މަރަދޫފޭދޫ / އައްޑޫސިޓީ) އަމިއްލައަށް އިސްނަންގަވައިގެން ...

ޖެރާޑް ޖެންސާރ ރާއްޖެ ސިފަ ކުރަނީ ވަރަށް ނިކަމެތިކޮށް، ކޮންމެ ދިވެއްސެއްގެ ވެސް ލޭ ހޫނުވާނެ: ޝިއާން

އީޔޫ ކައުންސިލްއަށް ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ގައިދީ މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޖެރާޑް ...