ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ހަދަން ފަށައިފި

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި ހަދައިދޭން  ފަށައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން  އެންޓިޖެން ޓެސްޓު ހެދުމުގެ ހިދުމަތް ދޭނީ ތިން ތަނަކުން ކަމަށާއި އެއީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުންނާއި، ހެންވޭރު ދަނޑު އަދި ސޯޝަލް ސެންޓަރުން ކަމަށެވެ.

މީގެ އިތުރަށް ހުޅުމާލޭ ފޭސް ދޭއްގައި ވެސް މާދަމާ އެންޓިޖެން ޓެސްޓު ހަދައިދޭ ތަނެއް ހުޅުވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.  ކޮވިޑުގެ އެއްވެސް އާލާމާތެއް ފެންނަ ނަމަ، އެންޓިޖެން ޓެސްޓު ހަދައިދޭ ތަނަކަށް ދިއުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިފައެވެ.

އެ ސެންޓަރުތަކުގެ އިތުރުން އައިޖީއެމްއެޗާއި ބައެއް ކުލިނިކުތަކުން ވެސް އެންޓިޖެން ޓެސްޓު ކިޓުން ކޮވިޑަށް ޓެސްޓުކުރެއެވެ. ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ހުއްދަދީފައި ނުވި ނަމަވެސް، ބައެއް ރިސޯޓުތަކުން ކޮވިޑަށް ޓެސްޓު ކުރުމަށް މި ކިޓު ބޭނުން ކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުތައް ރާއްޖޭގައި އާންމުކޮށް ބޭނުންކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުން ޓެސްޓުކޮށް 15 މިނިޓު ތެރޭގައި ދެ ރޮނގު ބުރި އަރައިފިނަމަ އެމީހަކު ޕޮޒިޓިވް ވާނެއެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް މި ކިޓު ބޭނުންކުރެއެވެ. ކޮވިޑް ޓެސްޓްގެ ނަތީޖާ އަވަހަށް ލިބޭނެ ޓެސްޓެއް ކުރަން ފަށާފައި މިވަނީ އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި ބަލީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ދުވަސް ވަރެއްގައެވެ. 

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ށ. މިލަންދޫން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ށ. އަތޮޅު މިލަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެވެ. އޮންލައިން ނޫސް “ވަގުތު” ނޫހުގައި ރިޕޯޓުކޮށްފައިވާ   ގޮތުގައި ...

ފުވައްމުލައްކުގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

ފުވައްމުލައްކުގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ. ފުވައްމުލަކުން ދަންޖެހިގެން މަރުވެފައިވަނީ ދޫނޑިގަން/ ރުޝްދީ އަހުމަދު ނަމަކަށް ކިޔާ ...

މީދޫގައި އަންހެނެއްގެއަތުން ވޮލެޓް ފޭރިގަތް މީހާ ހައްޔަރުކޮށްފި

މީދޫ އަންހެނެއްގެ އަތުން ވޮލެޓް ފޭރިގަތް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަންދަށް 07 ދުވަސް މީދޫ ކޯޓުން ...