ވަގުތު ޖެހުމުން ލޯބިވެރިޔަކު ހުންނާނެ: ކެޓްރީނާ

ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް އޮންނަ ފަދައިން ލޯބިވެރިޔަކު ލިބި ގުޅުމެއް ފަށަން ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ބުނެފި އެވެ.

ކެޓްރީނާ އަކީ އާންމުކޮށް އަމިއްލަ ވާހަކަތައް ދެއްކުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ އަދި މީޑިއާއާ ވަަރަށް ބީރަށްޓެހި އެކްޓްރެސްއެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުން ފާހަގަކުރާ ފަންނާނެކެވެ. ނަމަވެސް ކެޓްރީނާ މިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ދާދިފަހުން ނޫސްތަކާ ހިއްސާކޮށްފަ އެވެ.

އެގޮތުން ކެޓްރީނާ ބުނީ އެހެން މީހުން ފަދައިން އޭނާއަށް ވެސް ލޯތްބަކީ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ ދިރިއުޅުމުގެ ކާނާ ކަމަށެވެ.

ކެޓްރީނާ ބުނީ ހަޔާތުގެ އެކި ހިސާބުގައި ލޯތްބަކީ އެކިގޮތްގޮތަށް ލިބޭނެ އެއްޗެއް ކަަމަށެވެ. އެހެންކަމުން ލޯތްބަކީ ވަކި މީހެއްގެ ފަރާތުން އެކަނި ލިބޭނެ އެއްޗެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ކެޓްރީނާ ފިލްމު ކުޅެން ފެށިތާ ކުރީކޮޅު އޭނާ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކްޓަރު ސަލްމާން ހާންއާ އެވެ. ނަމަވެސް އެ ގުޅުން ނިމުމަކަށް އައީ ކެޓްރީނާއަށް ރަންބީރު ކަޕޫރު ދެކެ ލޯބި ވެވުމުންނެވެ. އެކަމަކު ރަންބީރާ އެކު ގާތްގަނޑަކަށް ހަތް އަހަރު އެކުގައި އުޅުމަށްފަހު އެ ގުޅުން ނިމުމަކަށް އައިސްފައިވާއިރު ސަލްމާންއާއި ކެޓްރީނާގެ ގުޅުން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އަދި މި ދެ މީހުން ދަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ސަލްމާނާއި ކެޓްރީނާ މިވަގުތު ބިޒީކޮށް އުޅެނީ އެ ދެ މީހުން އެންމެ ފަހުން އެކުގައި ކުޅުނު ފިލްމު “ޓައިގާ ޒިންދާ ހޭ” ޕްރޮމޯޓް ކުރުމުގެ މަސައްކަތުގަ އެވެ.

މިފިލްމު އިއްޔެ ޕްރިމިއާ ކޮށްފައިވާއިރު ފުރަތަމަ ދުވަހުގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 5 ބައިވެރިންނާއެކު ގާލާ ރައުންޑްގެ ފަހުޝޯވ މިރޭ !

ގަދަ 5 ބައިވެރިންގެ ހުށައެޅުންތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފަހު ޝޯވ މިރޭ އޮންނާނެއެވެ. ...

ކޮންމެ މޫޑަކާ ގުޅޭ ޕްލޭލިސްޓު ސިޓިންގްރޭ ގައި

ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކާ ގުޅޭ ޕްލޭލިސްޓަކާ ނުލައި ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ގޭގައި ...

މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 12 ބައިވެރިންނަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރަން ހުޅުވާލައިފި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގައި ވާދަކުރި ގަދަ 12 ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ...