ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް އޮންނަ ފަދައިން ލޯބިވެރިޔަކު ލިބި ގުޅުމެއް ފަށަން ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ބުނެފި އެވެ.

ކެޓްރީނާ އަކީ އާންމުކޮށް އަމިއްލަ ވާހަކަތައް ދެއްކުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ އަދި މީޑިއާއާ ވަަރަށް ބީރަށްޓެހި އެކްޓްރެސްއެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުން ފާހަގަކުރާ ފަންނާނެކެވެ. ނަމަވެސް ކެޓްރީނާ މިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ދާދިފަހުން ނޫސްތަކާ ހިއްސާކޮށްފަ އެވެ.

އެގޮތުން ކެޓްރީނާ ބުނީ އެހެން މީހުން ފަދައިން އޭނާއަށް ވެސް ލޯތްބަކީ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ ދިރިއުޅުމުގެ ކާނާ ކަމަށެވެ.

ކެޓްރީނާ ބުނީ ހަޔާތުގެ އެކި ހިސާބުގައި ލޯތްބަކީ އެކިގޮތްގޮތަށް ލިބޭނެ އެއްޗެއް ކަަމަށެވެ. އެހެންކަމުން ލޯތްބަކީ ވަކި މީހެއްގެ ފަރާތުން އެކަނި ލިބޭނެ އެއްޗެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ކެޓްރީނާ ފިލްމު ކުޅެން ފެށިތާ ކުރީކޮޅު އޭނާ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކްޓަރު ސަލްމާން ހާންއާ އެވެ. ނަމަވެސް އެ ގުޅުން ނިމުމަކަށް އައީ ކެޓްރީނާއަށް ރަންބީރު ކަޕޫރު ދެކެ ލޯބި ވެވުމުންނެވެ. އެކަމަކު ރަންބީރާ އެކު ގާތްގަނޑަކަށް ހަތް އަހަރު އެކުގައި އުޅުމަށްފަހު އެ ގުޅުން ނިމުމަކަށް އައިސްފައިވާއިރު ސަލްމާންއާއި ކެޓްރީނާގެ ގުޅުން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އަދި މި ދެ މީހުން ދަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ސަލްމާނާއި ކެޓްރީނާ މިވަގުތު ބިޒީކޮށް އުޅެނީ އެ ދެ މީހުން އެންމެ ފަހުން އެކުގައި ކުޅުނު ފިލްމު “ޓައިގާ ޒިންދާ ހޭ” ޕްރޮމޯޓް ކުރުމުގެ މަސައްކަތުގަ އެވެ.

މިފިލްމު އިއްޔެ ޕްރިމިއާ ކޮށްފައިވާއިރު ފުރަތަމަ ދުވަހުގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ޓައިގާ ޒިންދާހޭ” 500 ކްރޯޑް ކުލަބަށް

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ‘ޓައިގާ ޒިންދާހޭ’ 500 ކްރޯޑް ކްލަބާ ގާތަށް ޖެހިލައިފިއެވެ. ބޮލީވުޑްގައި ...

ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން ދައްކާލައިފި

ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން މީޑިއާތަކާއި ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ދައްކާލައިފިއެވެ. މި އެޕްލިކޭޝަން ދައްކާލާފައިވަނީ ...

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް : ފަސް ބައިވެރީންވެސް ފައިނަލަށް

މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު 5 ބައިވެރިންނަށް ދީފިއެވެ މޯލްޑިވިއަން އައިޑަލް ސީޒަން ...