ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ޕަދުމާވަތު”  ރިލީޒްކޮށްފައިވާއިރު، އެފިލްމަށް އަންނަނީ އެކަށީގެންވާ ތަރުހީބެއް ލިބެމުންނެވެ.

ގިނަ ބަޔަކު އަންނަނީ ފިލްމުގައި ކުޅަދާނަ އެކްޓްރެސް ދިޕިކާ ޕަދުކޯން ކުޅެފައިވާ ރޯލަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ. އެގޮތުން ފިލްމުގައި އިންޑިއާގެ ރާނީ” ޕަދުމާވަތީ”ގެ ރޯލު ދިޕިކާ އަދާކޮށްދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ބުނެ ގިނަ ބަޔަކު ދިޕިކާއަށް ތައުރީފް ކޮށްފައިވެއެވެ.

ފިލްމަކީ ވަރަށް ޚާއްސަ ފިލްމެއް ކަމަށް ދިޕިކާ ވަނީ ބުނެފައެވެ. ފިލްމާއި ގުޅިގެން މަރުގެ އިންޒާރުތަކެއްވެސް ލިބުނު ދިޕިކާ ބުނެފައިވަނީ އެއީ އޭނާގެ ކެރިއަރުގައިވެސް ކުޅެވޭ އެންމެ މުހިއްމު އެއް ފިލްމަށް ވާނެ ކަމަށާއި، ފިލްމުގެ ނަން ބަދަލު ކުރަން ޖެހުނު ނަމަވެސް އޭނާއަށް އެފިލްމަކީ، އަދިވެސް ޕަދުމާވަތު ކަމަށެވެ.

ޕަދުމާވަތުއަށް ކުރިން ކިޔަން ނިންމި ނަމަކީ، ޕަދުމާވަތީއެވެ. އެހެންނަމަވެސް އެނަމަކީ އިންޑިއާގެ ކުރީގެ ރާނީއެއްގެ ނަމަކަށް ވުމުން، ފިލްމާމެދު އުފެދިފައިވާ ރުޅިވެރިކަން ކުޑަ ކުރުމަށް، އެންމެ ފަހުން ފިލްމުގެ ނަން ބަދަލު ކުރީއެވެ. ބޮލީވުޑްގައި ޕަދުމާވަތުގެ އިތުރުން އެހެން ބައެއް ފިލްމުތައްވެސް މިފަދަ މައްސަލަތަކާއި ގުޅިގެން ނަން ބަދަލުކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އަޒަލް ކާމިޔާބުކޮށްފި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އައިޝަތު އަޒަލް ޢަލީ ޒާހިރު ޙާސިލްކޮށްފިއެވެ. މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ ...

އާއްމު ސިއްހަތު ކުރިއެރުވުމުގެ ރޮގުން ޑރ. އަބްދުﷲ އަފީފަށް ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިލެއްވި 15 ބޭފުންގެ ތެރޭގައި ...

ހައިވަކަރު އަހުމަދުފުޅުގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަރުކާރަށް އަދި ދިވެހި ޢަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި މައްޗަންގޮޅި ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު ...