ޕްރިމިއަ ލީގުގެ ލެސްޓަ ސިޓީއަށް ކުޅެމުން އަންނަ ރިޔާދު ކަރީމް މަހްރޭޒް ހޯދުމުގެ މަޝްވަރާތައް ލިވަޕޫލުން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން މަހްރޭޒް ހޯދުމަށް މަސައްކަތްކުރަމުން އަންނަނީ އެ ކްލަބް ދޫކޮށް ފިލިޕޭ ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވުމާ ގުޅިގެންނެވެ.

ލިވަޕޫލުން މަހްރޭޒް އަށް ޝައުގުވެރިކަން ފާޅުކޮށް ލެސްޓާއާއެކު މަޝްވަރާތައް ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަކުންވެސް ޝައުގުވެރިވާ މަހްރޭޒް ހޯދުމަށް ލިވަޕޫލްގެ އިތުރުން އާސެނަލްވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ރަސްމީކޮށް މަހްރޭޒް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އުމުރުން 26 އަހަރުގެ މަހްރޭޒް ވިދާލީ ލެސްޓާއިންނެވެ. އޭނާ ވަނީ ލެސްޓާ އަށް މިހާތަނަށް ކުޅުނު 162 މެޗުގައި 43 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ އަލްޖީރިއާ ގައުމީ ޓީމުގައި ހިމެނި އެޓީމަށް މިހާތަނަށް ކުޅުނު 34 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

މަހްރޭޒް ވަނީ ލެސްޓާއާ އެކު 2015 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާއަށް ޕްރިމިއާ ލީގު ހޯދައިދިނުމަށް ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މަހްރޭޒް ވަނީ އެ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ، ލެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޕްރިމިއާ ލިގުގެ ސަޕޯޓަރުން މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްލައިންގ ސްކޫލްގެ މައްސަލަ: ލައްކަ އަހުވަދެއްކިއްޖެ- އެމީހުން ގޮވައިގެން ކޯޓަށްދާންފެނޭ- ރޮޒެއިނާ

އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންދާ  ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަނުންނަށް ބަދަލު ދޭން ޖެހޭނެ ކަމަށް އައްޑޫ މީދޫ ...

ޚިޔާނާތުގެ ފައިސާ މިލިއަން ޑޮލަރުން ވަން އަދީބުގެ ކުންފުނީގެ ނަން ރިޕޯޓަކު ނެތް – ނިޔާޒު

ކުރީގެ ނާއިބު ރައީސް އަދީބު ހިއްސާ އޮންނަ މޮންޓިލިއޯން ނަމަކަށް ކިޔާ ކުންފުންޏަށް  އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާކަމަށާ ...

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: ޖަރުމަން ޗެމްޕިއަންކަން ހޯދައިފި

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުޓީމް ހޯދައިފިއެވެ. ޖަރުމަނުޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ...