ހައުސިންގ މިނިސްޓަރ އާޠިފާ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި

ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ޝަކޫރު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވައިފިއެވެ.  މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ އާޠިފާ އިސްތިއުފާދެއްވުމަށް ހުށައަޅާފައިވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކެބިނެޓްގައި މިނިސްޓަރ އާތިފާ އިންނެވީ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. މިނިސްޓަރ އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށްފަހުވެސް އޮފީހަށް ނިކުމެ ވަޑައިގެންފައިވެއެވެ. މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

އާތިފާ އިސްތިއުފާއަށް ހުށަހަޅުއްވާފައި މިވަނީ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނިކޮށް، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން އާތިފާ މަގާމުން ވަކިކޮށްދޭން އެދި މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒާ ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެ އިންދި ގަސްތަކަށް ރޭ ގެއްލުންތަކެއްދީފި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިއްޔެ މެންދުރުފަހުން މީދޫ ބޮޑުމަގުގައި އިންދި ގަސްތަކުގެ ތެރެއިން ބައެއް ގަސްތަކަށް  ރޭބަޔަކު ގެއްލުންތަކެއް ...

ކަރަންޓް ބިލް ފޯނަށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފި

ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ދީފައިވާ ހުރިހާ ފަރާތްތަކަށް ފޯނުބިލް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. ...

ކޯވިޑް 19 އަށް ސޯދުބެ ޕޮސިޓިވް ވެއްޖެ

ދިވެހި ބަހާއި ތާރީހަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ސޯދުބެ ކޯވިޑް 19 އަށް ޕޮސިޓިވް ވެއްޖެއެވެ. ސޯދުބެ ...