އުއްމީދީ ކުޅުންތެރިޔާ ސަހާފްއަށް ފުލް ސްކޮލަޝިޕެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޒުވާނުން ސްޕޮންސާކޮށް އެމީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން މީދޫގެ ފުޓްބޯޅައިގައި އެންމެ އަލިގަދަ ތަރިއަކަށް ވެގެންދާނެ އެއްކުޅުންތެރިއެއްގެ ގޮތުގައި މީދޫގެ ކުޅިވަރަށް ލޯބިކުރާ މީހުން  ބަލަމުން އަންނަ ޒުވާން ކުޅުންތެރިޔާ  ސަހާފް ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން  ސްޕޮންސަރކޮށް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ހުރިހާ ހަރަދެއް އެޕާޓީގެ ފަރާތުން ހަރަދުކުރަން ނިންމާފިއެވެ.

 އެމްއެންޕީގެ ޒުވާނުންގެ ނޫކަށި ލައުންޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ އިންތިގާލީ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްއެންޕީން ޒުވާނުން ސްޕޮންސާ ކުރާނެކަމަށެވެ. އެގޮތުން ދާދި ފަހުން އެޕާޓީން ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކު ސްޕޮންސާކޮށް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ޕާޓީގެ ފަރާތުން ހަރަދުކުރަން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

“އޭނަ އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ޒުވާން ހުނަރުވެރިއެއްގެ ގޮތުގަ. ފެނުމާއެކީ ޕާޓީގެ އިސް ސަފުގަ ތިއްބެވި ބޭފުޅުންނަށް ފާހަގަކުރެވުނު އޭނަގެ މުޅި ހަޔާތް ފުޓުބޯޅައާއި އެކީގަ އޭނަ ކުރިއަށް ދާންޖެހޭކަން.” (އެމްއެންޕީ) އިން  ސްޕޮންސަރކުރި ސަހާފްއާއިބހޭގޮތުން ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ނާޒިމް ވިދާޅުވީ އެކުޅުންތެރިޔާއަށް ފުލް ސްކޮލަޝިޕެއް ދިނުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ.

އެމްއެންޕީން ސަހާފްއަށް ދެއްވި ސްކޮލަޝިޕްގައި ކިޔެވުމަށް ސަހާފް މާލެއަށް ގޮސް މާލޭގައި ހުރުމުގެ ކަންތައް ހަމަޖެހިފައިވާކަމަށާއި ފުޓުބޯޅަ ކުޅެމުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކިޔަވައި ނިމުމާއިއެކު ވަޒީފާގެ ފުރުސަތުވެސް އެމްއެންޕީން ސަހާފްއަށް ފަހިކޮށްދޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެޕާޓީން ޒުވާނުންނަށް ދޭނީ ޕެކޭޖެއް ކަމަށާއި މާޔޫސްވިޔަ ނުދޭނެކަމަށެވެ. ނާޒިމް ވިދާޅުވީ ޒުވާނުންގެ އުއްމީދަކީ އެމްއެންޕީ ކަމަށާއި އެހެންކަމުން ހުރިހާ ޒުވާނުންވެސް އެޕާޓީއާއި ގުޅުމަށް އެދިލައްވާކަމަށެވެ. “އެހެންވީމަ (ޒުވާނުން) މިޕާޓީއާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވަންވީ. އިރާދަކުރެއްވިއްޔާ ތި ޒުވާނުންނާ ޒުވާނުންގެ އާއިލަތަކަށް މުސްތަގުބަލާއިއެކީގަ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ” ނާޒިމް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 25 ރުފިޔާ ...

އެގްރޯނެޓުން 163 ދަނޑުވެރިއެއްގެ އުފެއްދުން ދަނީ މާކެޓްކުރަމުން: ރައީސް

“އެގްރޯނެޓް” ކުންފުނިން 163 ދަނޑުވެރިއެއްގެ އުފެއްދުން މާކެޓްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ...

މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަންތަ؟

މިއަދު މުޅި ދިވެހިރާއްޖެ މިދަނީ މި ފަސްގަނޑަށް ފުރިހަމަ މިނިވަން ކަން ލިބުނުތާ 53 އަހަރު ފުރުމުގެ އުފާވެރި ...