ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ކޮންޓޭ މިހެން ބުނެފައިވަނީ މި ސީޒަނުގައި އެ ޓީމު ނެރެމުންދާ ނަތީޖާތަކާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް ގިނަ ބަޔަކު ދަނީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. މިއީ އެ ގޮވާލުންތަކަށް ކޮންޓޭ ޖަވާބުދިން ފުރަތަމަ ފަހަރެވެ.

އިނގިރޭސި މީޑިއާތަކާއި ވާހަކަދައްކަމުން ކޮންޓޭ ބުނީ މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ޗެލްސީގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި ޗެލްސީއާއެކު ކުރެވޭ މަސައްކަތްތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. މީގެއިތުރުން ޗެލްސީގެ މެނޭޖްމަންޓާ މެދު އޮތުބާރު އެބައޮތް ކަމަށްވެސް ކޮންޓޭ ބުންޏެވެ.

މި ސީޒަނަށްފަހު ކޮންޓޭ ޗެލްސީ ދޫކޮށްލާނެ ކަމުގެ އަޑުތަކެއް ފެތުރެމުންދާއިރު އޭނާގެ ބަދަލުގައި އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮންޓޭ ބުނީ އެފަދަ ވާހަކަތަކަކީ އާދައިގެ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް މީހުން ދައްކަނީ މީގެކުރިން ކޯޗުން ވަކިކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށްވެސް ބުންޏެވެ.

ގިނަ ކޯޗުންތަކެއް އަބަދުވެސް ބަދަލުކުރަމުންދާ ޗެލްސީގެ ކޯޗު ކަމާ ކޮންޓޭ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބަށް ޕްރިމިއަ ލީގު ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ފަހަކަށް އައިސް އެ ކުލަބުން ނެރޭ ނަތީޖާތަައް ދަނީ ދަށްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސާޖިދާގެ މައްސަލަ ބެލޭނެ ގޮތް ހުއްޓާ އެމްޑީޕީއިން އެ މައްސަލަ ތަޅުމަށް ގެނައީ ޒާތީ ގޮތުން: އީވާ

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސް ވަޒީފާގައި ހުންނަވާ މައްސަލަ މަޖިލީހުގެ ތަޅުމަށް ...

ޕޮއިންޓް ޓޭބަލްގެ 18 ވަނާގައި އޮތް ޕަލްމާސްއާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ

ސްޕެނިޝް ލީގުގެ 18 ވަނާގައި އޮތް ލަސް ޕަލްމާސްއާއި ބައްދަލުކޮށް  ބާސެލޯނާ ކުޅުނުމެޗް އެއްވަރުވެއްޖެވެ. ލަސް ޕަލްމާސްގެ ދަނޑުގައި ...

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...