ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އުމުރުން އެންމެ 17 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުތް ނިއުމާ މުޙައްމަދު އެކްޓްކުރުން ހުއްޓާލިކަން އިއުލާންކުރީ، އޭނާގެ އުފަންދުވަހާއި ފިލްމީދާއިރާގައި ހޭދަވި 20 އަހަރު ފާހަގަކުރުމަށް ތައްޔާރުކުރި ސެލެބްރޭޓިންގ 20  ވީޑިއޯ ލަވައިގެ ކަލެކްޝަން ނެރުމަށް ބޭއްވި ޙާއްސަ ޙަފްލާގައެވެ.

މި ޙަފްލާގައި ނިއުމާ ވަނީ އޭނާގެ އެކްޓިންގ ބެލުންތެރިންނަށް ފެންނާނެ އެންމެ ފަހު ފިލްމާއި ބަޔޮގްރަފީ ފޮތް ލޯންޗުކޮށްފައެވެ. އަދި ފިލްމާއި ބަޔޮގްރަފީ ފޮތް އަންނަ އަހަރުގެ އޮކްޓޯބަރުމަހު އޭނާގެ ސަޕޯޓަރުންނަށް ލިބޭނެކަމަށް ނިއުމާ ބުންޏެވެ. މިހަފްލާގައި ނެރުނު ސެލެބްރޭޓިންގ 20 ކަލެކްޝަންގެ ލަވަތައް ޕެން ޑްރައިވެއްގައި ނެރެފައިވާއިރު މީގެ ތެރޭގައި އޭނާގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވަތައްވެސް ހިމެނެއެވެ.

ފިލްމުތަކުން ތަފާތު ރޯލްތަކުގައި އެކްޓްކޮށްފައިވާ ކުޅަދާނަ ފަންނާނުގެ ފުރަތަމަ ފިލްމަކީ “ބަދަލު”އެވެ. ނަމަވެސް ފިލްމީދާއިރާގައި ނިއުމާގެ ތަރި އެންމެ ބޮޑަށް ފިޔަޖަހާލީ 1997 ވަނަ އަހަރު ނިއުމާގެ ހުނަރު ފެނިގެންދިޔަ ފިލްމް ފަތިސްހަނދުވަރުންނެވެ.

ފަތިސް ހަނދުވަރުގެ އިތުރުން ނިއުމާގެ ފާހަގަކޮށްލެވޭ ފިލްމު ތަކުގެ ތެރޭގައި ހިތް ހަލާކު، ކަލާޔާނުލާ، ޔޫސުފް، ގިނި ހިލަ، ދަރިންނަށްޓަކައި، ޒަލްޒަލާ އަދި ނިއުމާ ހިމެނެއެވެ. މީގެ އިތުރުން ނިއުމާއަކީ ހިތްގައިމު ގިނަ ލަވަތަކެއްވެސް ބެލުންތެރިންނަށް ގެނެސްދީގައިވާ ފަންނާނެކެވެ.

ފިލްމީދާއިރާއަށް ހާއްސަކޮށްގެން ރާއްޖޭގައި މިހާތަނަށް ދީފައިވާ އެވޯޑް ހަފްލާތަކުގައި އެންމެ ގިނަ އަދަދަކަށް އެވޯޑް ހާސިލްކުރި ފަންނާނަކަށްވެސް ނިއުމާވާނެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު އެކްޓްރެސް ގެ އެވޯޑު ޖެހިޖެހިގެން އެތައް އަހަރަކު ހޯދާފައިވާއިރު މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް ނިއުމާ ވަނީ ހޯދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވައިރަސް ފެތުރެނީ ގައިދުރުކަމާއި ރަނގަޅަށް މާސްކު ހަމަ ނޭޅޭތީ – އަފްޒަލް

ކޯވިޑް ބަލީގައި ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެ ބަލި ޖެހެމުން އަންނަނީ ގައިދުރުކަމާއި ރައްކާތެރިކަން ނުބެއްހެޓޭތީކަމަށް ...

އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތް މީދޫގައިވެސް ކުރިއަށް ގެންގޮސްފި

މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން މުޅި ރާއްޖޭގައި އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތް މީދޫގައިވެސް ...

މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނަން – ޝޫޒާ

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮއްވަވައިދެއްވައިފިނަމަ މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ...