ވައިރަސް ފެތުރެނީ ގައިދުރުކަމާއި ރަނގަޅަށް މާސްކު ހަމަ ނޭޅޭތީ – އަފްޒަލް

ކޯވިޑް ބަލީގައި ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެ ބަލި ޖެހެމުން އަންނަނީ ގައިދުރުކަމާއި ރައްކާތެރިކަން ނުބެއްހެޓޭތީކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. ޑރ. އަފްޒަލް ވިދާޅުވީ މިބަލީގެ ކުރީކޮޅު އެޅި ފިޔަވަޅުތައް ހަނދާން ނައްތާލާ ގިނަބަޔަކު އެކަންކަން ދޫކޮށްލާފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން އައިސް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަަދު 1000 މަތީގައި ހުންނަތާ މިވަނީ މަަހަކާއި ގާތްވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 21 ވަނަދުވަހުގެ ނިޔަލަށް 22،166 މީހުން ރާއްޖެއިން މި ބައްޔަށްވަނީ ޕޮޒިޓިވްވެފައެވެ. މި އަދަދުގެ ތެރެއިން 440 ވުރެ ގިނަ މީހުންނަށް ފަރުވާދޭން ޖެހިފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިމަހުގެ މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 87 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންކަން އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. އަދި މިބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު މީހުންގެ ތެރެއިން 86 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާކަމަށެވެ. މި ނަމްބަރުތަކުން ދޭހަވަނީ ބަލި ޖެހުނު ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުންކަމެވެ.

ޑރ އަފްޒަލް ވީދާޅުވީ މި ނަމްބަރުތަކުންވެސް ވެކްސިން ޖެހުމުން ބަލިން ކޮންމެވެސް ރައްކާތެރިކަން ލިބޭކަން ކަށަވަރުވާކަމަށެވެ. އިއްޔެ މިބަލީގައި ނިޔާވި ތިން މީހުންނަކީ ދާއިމީ ބައްޔަށް ފަރުވާ ހޯދާ މީހުންކަމަށް ފާހަގަކުރައްވަމުން ޑރ އަފްޒަލް ވިދާޅުވީ އޭގެތެރެއިން 2 މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންކަމަށެވެ.

” ހަމަ ތިން މީހުންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ބައެއް. އެބަލިތަކަށް ފަރުވާ ހޯދަމުންދަނިކޮށް ކޯވިޑް މި ޖެހުނީ. މިފަދަ މީހުނަށް ކޯވިޑް ބަލި ފަދަ ބައްޔެއް ޖެހުމުން ވަރަށް ފަސޭހައިން ސީރިއަސް ފައްތަރަށް މީހާ ވެއްޓިދާނެ. މި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ ވެކްސިން ނުޖައްސަވާ، އަނެއް ބޭފުޅާވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވާފައި.” ޑރ އަފްޒަލް ވިދާޅުވިއެވެ.

ކޯވިޑް ކޭސްތަކުގެ އަދަދު މަދުނުވެ ކޮންމެ ދުވަހަކު އަދަދުތައް އިތުރުވަމުން އަންނަތީ އުފެދޭ ސުވާލަށްވެސް ޑރ. އަފްޒަލްވަނީ ޖަވާބުދެއްވާފައެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ގޮތަކުން ނަމަވެސް މިބަލި ޖެހޭނީ މި ބަލި ޖެހިފައިވާ މީހެއްގެ ކައިރިން އެ ބައްޔަށް ހުށައެޅިގެންކަމަށެވެ. އަދި މިބަލީގެ ޖަރާސީމަށް ހުށައެޅޭނީ ވަކި ކަންކަމެއް ދޫކޮށްލެވެމުންކަންވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ ބަލީގެ ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެބަލި ޖެހިފައިވާ މީހަކާއި ދިމާނުވާ ހިނދަކު ބަލި ފެތުރިގެން ނުދާނެކަމަށެވެ.

” ޖަރާސީމަށް އެކްސްޕޯސް ވާނެ ހާލަތްތަކަކީ އެއްކަމަކީ ރަނގަޅަށް މާސްކު ނާޅާ އުޅުން. މީހުން ގިނަ ތަންތަނގައި ގިނަ ވަގުތުތަކެއްގައި އުޅުން. ގޭތެރޭގައި ބަހައްޓަންޖެހޭ ސާފުތާހިރުކަން ނުބެހެއްޓުން. ކޯވިޑް ފެށިގެން އައިއިރު ކުރިން އަޅުގަޑުމެން ދެއްކި ބައެއް ވާހަކަތައް މިވަނީ ހަނދާން ނެތިފައި ނޫނީ ދޫކޮށްލެވިފައި. އަނެއްކާވެސް އެކަންކަން ގެނެސްގެން ނޫނީ މިކަން ކޮންޓްރޯލެއް ނުކުރެވޭނެ. ކިތަންމެ ވަރުގަދަ ސްޓޭއިނެއް އުޅުނަސް އެ ބައްޔަށް ހުށައެޅިގެން ނޫނީ އެެ ބައްޔެއް ނުޖެހޭނެ.” ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރުވަމުން އައިސް މާލޭގެ އިތުރުން އަތޮޅުތެރެއަށްވެސް މިވަނީ ފެތުރިގެން ގޮސްފައެވެ. މިބަލީގައި ފަރުވާދޭ މީހުންގެ އަދަދު 22 ހާހުން މައްޗަށްވަނީ އަރާފައެވެ. މާލޭގެ އިތުރުން އަތޮޅު ތެރެއިން ބަލި ފެނި މިވަގުތުވެސް 70 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގައި ޖިންސީ ގުނަވަން ދައްކާފައެއް ނުވާނެ: ނާޒިލް

އައްްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްް ނާޒިލްްގެ ޖިންސީ ގުނަވަން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ...

މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...