އައްޑޫ އިން ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ ސިޓީގެ ކޮވިޑް މެނޭޖުމަންޓު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހަނަކު މިއަދުގެ މެންދުރު 13:33 ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއީ އައްޑޫ އިން ކޮވިޑް ބަލީގައި މަރުވި 11ވަނަ މީހާއެވެ. އަދި މުޅި ރާއްޖެއިން މިބަލި ޖެހިގެން މަރުވި 247ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް މިބަލި 89،255 މީހަކަށް ވަނީ ޖެހިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86،899އަށް ވަނީ އަރާފައެވެ. ކޮވިޑް ފެސިލިޓީތަކުގައި 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓަންޖެހޭ: ރައީސް ނަޝީދު

އިންޑިއާ އާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި، އަދި ބޭއަދަބީ ވާހަކަތައް ހުއްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ...

އައްޑޫސިޓީގެ 4 ސަރަޙައްދެއް ހިމާޔަތްކުރުމަށް ރައީސް ނިންމަވައިފި

އައްޑޫސިޓީގެ ބައެއް ސަރަޙައްދުތައް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ...

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ

ސާޅީސް ފަހެއް މެންބަރުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހު ...