އައްޑޫ އިން ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ ސިޓީގެ ކޮވިޑް މެނޭޖުމަންޓު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހަނަކު މިއަދުގެ މެންދުރު 13:33 ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއީ އައްޑޫ އިން ކޮވިޑް ބަލީގައި މަރުވި 11ވަނަ މީހާއެވެ. އަދި މުޅި ރާއްޖެއިން މިބަލި ޖެހިގެން މަރުވި 247ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް މިބަލި 89،255 މީހަކަށް ވަނީ ޖެހިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86،899އަށް ވަނީ އަރާފައެވެ. ކޮވިޑް ފެސިލިޓީތަކުގައި 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޯޑިއޯތައް ތައްޔާރުކުރި ބަޔަކު ބެލުން ވަރަށް މުހިންމު: ރޮޒޭނާ

ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ތައްޔާރު ކުރި ބަޔަކީ ކޮންބައެއްކަން ...

މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފިއި

ރަށްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާއިރާގެ އެމްޑީޕީ ޕްރައިމަރީ ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފިއެވެ. މިހާރުވެސް މީދޫ ދާއިރާގެ ...

ޕާޓީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށް އެމްޑީޕީގެ ޒުވާނުން ގޮފިން ސަރުކާރަށް ގޮވާލައިފި

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށް އެޕާޓީގެ ޒުވާނުން ގޮފީހެ ފަރާތުން ސަރުކާރަށް ގޮވާލައިފިއެވެ. އެމްޑީޕީގެ ...