މީދޫ ގަބުރުސްތާން : ސެކިއުރިޓީ ބެލެހެއްޓުން ފަސޭހަކޮށްދިނުމަށް ލައިޓް ހަރުކޮށްފި

މީދޫ ގަބުރުސްތާނުގެ ތެރޭގައި ކައުންސިލްގެ ހުއްދަލިބިގެން އަމިއްލަފަރާތަކުން އިމާރާތްކުރި ދޮޅިދާން  އިމާރާތުގެ ފާރު އަދި ދޮރުގައި ބަޔަކުމީހުން ކުރަހައި ގަބުރުސްތާނުގެ މަހާނައެއްގައި ބަހައްޓާފައިވާ ދެކީލާ ނަގައިގެން ގޮސް ރާފަޅާ ސަރަހައްދުގައި ބެހެއްޓި މައްސަލައާއިގުޅިގެން ގަބުރުސްތާނުގައި ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ރޭގަޑު ސެކިއުރިޓީ ބެލެހެއްޓުމަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ގަބުރުސްތާނުގެ ތެރެއަށް އަލިވާގޮތައް 4 ލެޑްމާކަރީ ހަރުކޮށްފިއެވެ.

މީދޫ އަވަށު އޮފީހުން ޚަރަދުކޮށްގެން ގަބުރުސްތާނުގެ މެދުގައި ކަހަލަ ގޮތަކަށް 50 ފޫޓްގެ ޓަވަރެއް ޖެހުމަށްފަހު އެޓަވަރުގައި 4 ލެޑް މާކަރީ ހަރުކޮށް އެތަނުގައި ސިކިއުރިޓީ ބަލަހައްޓާ މީހުންނަށް ފަސޭހަކޮށްދިނުމަށް އެލައިޓްތައް މިހާރުވަނީ ދިއްލަންފަށާފައެވެ.

ދޮޅިދާން އިމާރާތުގައި ބަޔަކުމީހުން ކުރެހި މައްސައާއިގުޅިގެން  ގަބުރުސްތާނުގައި ސިކިއުރިޓީންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ދެމީހަކު އެތަނުގައި ކުރެހިދުވަހުވަނީ ވަޒީފާއިން ވަކިކޮށްފައެވެ

މައުލޫމާތު ލިބިފައިވާގޮތުގައި ” ދޮޅިދާންގޭ ” ގައި ކުރެހި މައްސަލައާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އެތަން ކުރެހިދުވަހުގެރޭ ޑިއުޓީގައި ތިބި ދެމީހުންނެވެ.

އަދި މީގެ އިތުރަށް ދޮޅިދާން ގައި ކުރެހި މައްސަލައާއި ގުޅިގެން އެތަނުގައި ސެކިއުރިޓީ ބަލަހައްޓަމުންދިޔަ އެހެން މީހަކު އެހެންތަނަކަށް ބަދަލުކުރުމާއި ގުޅިގެން އެމީހާވަނީ އަމިއްލައަށް ވަޒީފާއިން ވަކިވެގެން ގޮސްފައެވެ.

ގަބުރުސްތާނުގެ ސެކިއުރިޓީ ބެލެހެއްޓުން ކައުންސިލުން ހަވާލްކޮށްފައި އޮންނަނީ އަމިއްލަ ފަރާތަކާއެވެ.

ލައިޓް ޖެހުމުގެ މަސައްކަތް ކައުންސިލަރު ސޯލިހާއާއި ޑިރެކްޓަރ މާނާ ބައްލަވާލައްވަނީ
ލައިޓް ޖެހުމުގެ މަސައްކަތް ކައުންސިލަރު ސޯލިހާއާއި ޑިރެކްޓަރ މާނާ ބައްލަވާލައްވަނީ

މީގެ ކުރީން ކައުންސިލުން ގަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލްކުރި ފަރާތުން ސެކިއުރިޓީންގެ ގޮތުގައި ބޭތިއްބި މީހުން ގަބުރުސްތާނުގެ ތެރެއަށް ސައިކަލްގައި ވަނުމާއި ގަބުރުސްތާނުގެތެރޭގައި ސިގިރެޓްބުއިމާއި އަދި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައް  އެކަށީގެންވާ ގޮތެއްގައި ކުރަމުންނުދާކަމަށްބުނެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ފަރާތާއި ދޭތެރޭ  ކައުންސިލުން ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ދޮޅިދާންގެ ނަމުގައި ގަބުރުސްތާނުގައި އިމާރާތްކޮށްފައިވާ އިމާރާތަކީ މަރުވާ މީހުން ވަޅުލުމަށްޓަކައި ވަޅުކޮނުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުމަށްޓަކައި އިމާރާތްކޮށްފައިވާ 8 ފޫޓް 6 ފޫޓްގެ އިމާރާތެކެވެ.

ޚަބަރާއި ގުޅޭ ފޮޓޯތައް: މީދޫ އަވަށުއޮފީސް

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެބް އެމްވީގެ ހިދުމަތް އައްޑޫސިޓީ އަދި ކުޅުދުއްފުއްޓަށް

“ކެބް އެމްވީ” ގެ ޚިދުމަތް އައްޑޫ ސިޓީއަށާއި ކުޅުދުއްފުއްޓަށް ތައާރަފްކޮށްފިއެވެ.  advertisement ކެބް އެމްވީ ޚިދުމަތަކީ “ފަހި ކެބް” ...

ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ

ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ. އުމުރުފުޅުން 81 އަހަރުގައި، ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ...

ކޯވިޑް-19 : މި ހަފްތާގައި އެކަނިވެސް 500 މީހުން ޕޮޒިޓިވްވި، ގިނައީ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް މީހުން

މި ހަފްތާތެރޭގައި 500 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންކަމަށް ޓެކްނިކަލް ...