އެޖެންޑާ19ގައި ރިސޯޓު މުވައްޒަފުންނަށް ދޭން ވައުދުވި މިންވަރު ދެން ލިބޭނެ: ފައްޔާޒު

19ވަނަ ރައްޔިތުން މަޖިލީހުގެ ކެމްޕެއިންގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ގެންގުޅުނު “އެޖެންޑާ19” ގައި ރިސޯޓު މުވައްޒަފުންނަށް ދޭން ވައުދުވި މިންވަރު އެންމެ ކުޑަ އުޖޫރައާއެކު ލިބެން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު އިއުލާން ކުރުމަށްފަހު ވާހަކަދައްވަކަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް 10،000 ރުފިޔާ ލިބިގެން ދާނެ ކަމަށް “އެޖެންޑާ19” ގައި ބުނަމުން ދިޔައިން ކަމަށާއި އެހެންކަމުން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައާއެކު އެ މިންވަރު ނުލިބޭނެ އެއްވެސް މުވައްޒަފަކު ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ނުހުންނާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 13،000 އެއްހާ މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ސަބަބުން ކުރާނީ ހެޔޮ އަސަރެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަސާސީ މުސާރައަކީ ގާތްގަނޑަކަށް 4،000 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުކަން ފާހަގަކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖާއެކު ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ 60 ޕަސެންޓު މުވައްޒަފުންގެ މުސާރަ ދެގުނަ ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ. ރާއްޖޭގެ އެކި ސިނާއަތްތަކުގެ ބޭފުޅުންނާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އަލަށް ކަނޑައެޅި މިނިމަމް ވޭޖާއެކު، ރިސޯޓު މުވައްޒަފުންގެ އަސާސީ އުޖޫރަ 12،000 އަށް ބުރެ ބޮޑުވާނެ ކަމަށެވެ.

ވިޔަފާރިތަކާއި ދާއިރާތަކަށް ކަނޑައަޅާފައިވާ އުޖޫރަ:

– ކުދި ވިޔަފާރިތަކަށް މަހަކު: 4،500 ރުފިޔާ

– މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު: 7،000 ރުފިޔާ

– ބޮޑެތި ވިޔަފާރިތަކަށް، މަހަކު: 8،000 ރުފިޔާ

– ސިވިލްސާވަންޓުންނަށް މަހަކު: 7000 ރުފިޔާ

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަހަރުގެ އަރތް އަވާ ފާހާގަ ކުރުމުގެ ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި އަރތް އަވާގެ ގޮތުގައި ފާހަގަކުރަމުންގެންދާ ހަރަކާތް މިއަހަރުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ...

ޘާނަވީ އިމްތިހާނުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަހަރަކާތްތަކެއް ބާއްވައިފި

މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ...

ފާރުތަކުގައި ”ޔާމީން ޖަލަށްލާ“ ޖަހަން ފަލާހު ގޮވާލައިފި

ގޭގޭގެ ފާރުތަކުގައި ކުރީގެ ރައީސް ޔާމީން ޖަލަށްލާ ޖަހަން ޖެހޭކަމަށް ރަށްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ...