އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފި

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކާ ހަމައަށް ދެވޭނެ މުސާރަ ކަނޑައަޅާފައި ވަނީ ހޯމަދުވަހު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

ރާއްޖޭގެ އެކި ސިނާއަތްތަކުގެ ބޭފުޅުންނާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އަލަށް ކަނޑައެޅި މިނިމަމް ވޭޖާއެކު، ރިސޯޓު މުވައްޒަފުންގެ އަސާސީ އުޖޫރަ 12،000 އަށް ބުރެ ބޮޑުވާނެ ކަމަށެވެ.

”އެންމެ މަދުން ލިބޭ ފަރާތަށް ވެސް މި މިނިމަމް ވޭޖާ އެކު 12،000 ރުފިޔާ ލިބިގެންދާނެ،” ފައްޔާޒު ވިދާޅުވިއެވެ.

ވިޔަފާރިތަކާއި ދާއިރާތަކަށް ކަނޑައަޅާފައިވާ އުޖޫރަ:

  • ކުދި ވިޔަފާރިތަކަށް މަހަކު: 4،500 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު: 7،000 ރުފިޔާ
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު: 8،000 ރުފިޔާ
  • ސިވިލްސާވަންޓުންނަށް މަހަކު: 7000 ރުފިޔާ

“އަޅުގަނޑުމެން މި ގެނައި ބަދަލާ ގުޅިގެން، ގާތްގަނޑަކަށް ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ 60 އިންސައްތައަށް ވުރެ ގިނަ ފަރާތްތަކަށް މުސާރަ ޑަބަލް ވެގެންދާނެ،  އިކޮނަމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން މިއަދު ސޮއިކުރި މިނިމަމް ވޭޖު އަމުރުގައި ސޮއި ކުރުމާއި މެދު ޝައްކު ކަމަށެވެ. މިނިމަމް ވޭޖުގެ ސަބަބުން އިގްތިސޯދަށާއި ވަޒީފާތަކަށް ވެސް ހެޔޮ އަސަރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ގެއެއްގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައިފި

މީދޫ ގެއެއްގެ  ކުޑަދޮރުތަކެއްގެ ބިއްލޫރިތައް ތަޅާލައިފި އެވެ މައުލޫމާތު ލިބިފައިވާގޮތުގައި  ކުޑަދޮރުތަކެއްގެ ބިއްލޫރިތައް ތަޅާލާފައިވަނީ މީދޫ ސިލްވާލީފްގައެވެ. މިދިޔަހުކުރުދުވަހުގެރޭ ...

އައްޑޫ ސިޓީ ކައުންސިލް: ޑެޕިއުޓީ މޭޔަރަކަށް މެދުވަލު ދާއިރާގެ މެމްބަރު ޝުއާއު އައްޔަންކޮށްފި

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރުގެ ...

އައްޑޫގެ ސްކޫލްތައް ބަންދުކޮށްފި

އައްޑޫ ސިޓީގެ ސްކޫލްތައް ދެހަފްތާގެ މުއްދަތައް ބަންދުކުރަން ނިންމައިފިއެވެ. ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕްރޭޝަން ...