އައްޑޫ ސިޓީގެ ސްކޫލްތައް ދެހަފްތާގެ މުއްދަތައް ބަންދުކުރަން ނިންމައިފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި ރޭ ބޭއްވު ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ސްކޫލްތައް ދެހަފްތާގެ މުއްދަތައް ބަންދުކުރަން ނިންމިކަމުގައިވިޔަސް ހާލަތު ބަދަލުވެއްޖެނަމަ އެއަށް ވުރެ އަވަހަށް ސްކޫލްތައް ހުޅުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ސްކޫލްތައް ބަންދުކުރުމުގެ އިތުރުން ރޭގަނޑު 9 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތައް އަޅާފައިމިވަނީ ކޮވިޑް-19 ގެ ކޭސްތައް ގިނަ އަދަދަކަށް ފެނުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނީޓަރިން ހާލަތަށް ގެނައުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެވެސް އައްޑޫ އިން ވަނީ އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފަސް ފްލޫ ސާމްޕަލް އާއި އެއް ރެންޑަމް ސާމްޕަލް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެންޕީގެ ތަރުޖަމާނު އަަސްރާ މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާން އަސްރާ އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އަސްރާ ...

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ...

“ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ މަތީ ފަންތީގެ އެޕާޓްމަންޓްތަކާއެކު ޢިމާރާތްކުރާ “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ ...