އައްޑޫ ސިޓީ ކައުންސިލް: ޑެޕިއުޓީ މޭޔަރަކަށް މެދުވަލު ދާއިރާގެ މެމްބަރު ޝުއާއު އައްޔަންކޮށްފި

advertisement

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ.

ޝުއާއު ޑެޕިއުޓީ މޭޔަރުގެ މަގާމަށް  އައްޔަނުކޮށްފައިވަނީ މިއަދު އަލަށް ހުވާކުރެއްވި އައްޑޫސިޓީ ކައުންސލް މެމްބަރުންގެ  ފުރަތަމަ ބައްދަލުވުމުގައެވެ.

ޑެޕިއުޓީ މޭޔަރުކަމަށް ޝުއާއާއި ވާދަކޮށްފައިވަނީ  އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ހިތަދޫ މާމެންދޫ ދާއިރާއަށް ވާދަކޮށް ހޮވިވޑައިގެންފައިވާ އާމިނަތު އަދާލާ ރަޝީދު އާއި ފޭދޫ މާދެލަ ދާއިރާން ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް ހޮވިވަޑައިގެންފައިވާ  މުހައްމަދު ފައިސަލްއެވެ.

ކައުންސިލްގެ މެމްބަރުގެ މެދުގައި ބޭއްވުނު ވޯޓަކުން ޝުއާއު ޑެޕިއުޓީ މޭޔަރު ކަމަށް ހޮވިވޑައިގެންފައިވަނީ  8 ވޯޓް ލިބިގެންނެވެ. އަދާލާ ރަޝީދަށް އެއް ވޯޓު ލިބުނު އިރު މުހައްމަދު ފައިސަލް އަށް ލިބުނީ ތިން ވޯޓެވެ. އަދި އެއް ވޯޓު ބާތިލު ވެފައިވެއެވެ.

އައްޑޫސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުންނާއި މޭޔަރު މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

މޭޔަރުގެ ގޮނޑިއާ ނުލައި އައްޑޫސިޓީ ކައުންސިލްގައި ހިމެނޭ 12 ގޮނޑީގެ ތެރެއިން   އެމްޑީޕީއަށް ލިބިފައިވަނީ  6 ގޮނޑިއެވެ. ޕީޕީއެމަށް ތިން ގޮނޑި ލިބިފައިވާއިރު އަނެއް ތިންގޮޑި ލިބިފައިވަނީ އަމިއްލަ މެމްބަރުންނަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ ...

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ ރައީސް ...

މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ ...