އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން އުފައްދާ ޖޮއިންޓްވެންޗާއަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ފްލައިންސްކޫލު އުފައްދައި ހިންގާނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މިހާދު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭއޭއޭ ކުންފުނީގެ ދަށުން ހިންގި އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ނުނިމި ހުއްޓުފައިވާއިރު އެ ދަރިވަރުންނަށް އަންނަ އަހަރު ނިމޭއިރު ކިޔެވުން ފުރިހަމަ ކުރެވޭނެ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޝަރީފް ވިދާޅުވީ ފްލައިން ސްކޫލު ގާއިމު ކުރި ނަމަވެސް އޭވިއޭޝަން ދާއިރާގެ އެހެން މަސައްކަތްތަކަށް ވަނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޖީނިއަރިން އާއި ލޭންޑް ސައިޓުގައި ހިމެނޭ ކަންކަން ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސް ޞާލިޙް ވޯޓު ހޯއްދަވާނެ: ސިޔާމް

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ވޯޓުލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ...

ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ޕޮޒިޓިވްވީ ދެމީހުން

މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ދެމީހުންކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ. ސިއްހީމަރުކަޒުން ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 23 އޮކްޓޯބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...