އައްޑޫ ސިޓީން އިތުރު 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކުން  ބުދަދު ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު  ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 28 މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހީންނާއި 2 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 28 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވް ވެފައިވާ 22 މީހަކާއި   މަރަދޫން ޕޮޒިޓިވްވި  ޕޮޒިޓިވްވި 4 މީހުންގެ އިތުރަށް ފޭދުން އެކަކު އަދި ހުޅުން އެކަކު އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.  

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން އަންގާރަ ދުވަހުގެ  އިރުއޮއްސި ހަޔަކުން  ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކަށް  10 މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 10 މީހުން ބަލިން ފަސޭހަވަގެން  ދޫކޮށްލުމުން އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 234 އެވެ. އެއީ ހިތަދޫގައި ތިބި 131 މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 29 މީހަކާއި ފޭދޫގައި ތިބި 55 މީހަކާއި މީދޫގައި ތިބި 2 މީހުންގެ އިތުރަށް ހުޅުދޫގައި 1 މީހުންނެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުޓުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 1708 މީކެވެ. އަދި އޭގެތެރެއިން މިހާތަނަށް ބަލިން ފަސޭހަވެގެން  1471 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: ޔުނައިޓެޑް ބޯއިސް ...

އެސްޓީއޯއަށް ދަނޑުވެރިން ހައްދާ ނަގާނީ ވަގުތުން ފައިސާ ދީފައި : އަމްރު

ރާއްޖޭގެ ދަނޑުވެރީން ހައްދާތަކެތި އެސްޓީއޯގަންނާނެކަމަށާ މިގޮތައް ދަނޑުވެރީން އަތުން އެސްޓީއޯއިން ގަންނަ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ...

ޝާޢިރުންގެ ވާދީ : އަހަރީދުވަހުގެ ޙަރަކާތްތައް ފަށަފި

ޝާޢިރުންގެ ވާދީ އުފެދުނުތާ 1 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  ޙަރަކާތްތައް ފަށަފިއެވެ. ...