އެސްޓީއޯއަށް ދަނޑުވެރިން ހައްދާ ނަގާނީ ވަގުތުން ފައިސާ ދީފައި : އަމްރު

ރާއްޖޭގެ ދަނޑުވެރީން ހައްދާތަކެތި އެސްޓީއޯގަންނާނެކަމަށާ މިގޮތައް ދަނޑުވެރީން އަތުން އެސްޓީއޯއިން ގަންނަ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިހެން ވިދާޅުވީ އެކުންފުންޏާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއާއި ގުޅިގެން އިއްޔެ ބޭއްވި ނިއުސް ކޮންފަރެސްއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިއުސް ކޮންފަރެންސްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން  މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމް ފުރުއްވާ ހުށައެޅުމުން އެސްޓިއޯއިން ދިވެހި ދަނޑުވެރިން އުފައްދާ ހުރިހާ ބާވަތްތަކެއް އެސްޓިއޯއިން ގަނެ ދިވެހި ބާޒާރަށް ގެނެސް ދޭނެކަމަށެވެ. އަދި ދަނޑުވެރިންގެ ތަކެތި އެސްޓީއޯއިން ގަންނާނީ ވަގުތުން ފައިސާ ދަނޑުވެރިޔާއަށް ލިބޭނެ ގޮތަށް ކަމަށް އަމުރު ވިދާޅުވިއެވެ.

” ކޮރޯނާ ވައިރަހާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެގެން ނުތިބެވޭނެކަން މިދަނީ ސާފުކޮށް ފެންނަމުން ،

މިދަނޑިވަޅަކީ ދިވެހި ދަނޑުވެރިންގެ މަސައްކަތުގެ އަގު ވަޒަންކޮށް ދަނޑުވެރިންނަށް ހަމަ އަގު ގެނެސް ދޭންވީ ވަގުތު”  އަމުރު ވިދާޅުވިއެވެ.

މީދޫ : މީދޫ ދަނޑުވެރީންގެ ދަނޑުތައް

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ދަނދުވެރީން ހައްދާ ތަކެތި ގަތުމަށްޓަކައި ތައްޔާރުކުރަމުންދާ  އެގްރި ސެންޓަރު ހުޅުވާނީ މެއި މަހުގެ އެއްވަނަ ދުވަހުގައި ކަމަށާއި، އެތަނުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. ނޯތު ހާބަރު ކުރިމަތީގައި ހުޅުވާ އެސެންޓަރުން މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެ، ހޯލްސޭލްކޮށް ވިއްކަމުންދާނެކަމަށް އަމުރު ވިދާޅުވިއެވެ.

ދަނަޑުވެރީން އަތުން އެގްރި ސެންޓަރަށް ގަންނަ ތަކެތި ރީޓެއިލްކޮށް ވިއްކާނީ އެސްޓީއޯ ސުޕަރމާޓުންނެވެ. އަމްރު ވިދާޅުވި ގޮތުގައި މި ސެންޓަރުން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމުގެ ސަބަބުން ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއިން ބޭރުން ގަތުމަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ.

“އަމިއްލައަށް ކާބޯތަކެތި ހައްދައިފިނަމަ އެ ފައިސާއަކީ ބޭރަށް ނުފޮނުވައި، ގައުމުގެ އެހެން ކަންކަން ކުރަން ބޭނުންކުރެވޭނެ ފައިސާ”، އެބޭފުޅާ ވިދާޅުވިއެވެ.

މި އެގްރި ސެންޓަރުން އުފެއްދުންތައް ގަތުމަށްޓަކައި، އެސްޓީއޯގައި ދަނޑުވެރިއެއްގެ ގޮތުގައި ރަޖިސްޓަރވާން ޖެހެއެވެ. މިކަމަށް ބޭނުންވާ ފޯމު އެސްޓީއޯ ވެބްސައިޓާއި ފާމަސީތަކާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯ ފިހާރަތަކުން ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުން ހިމެނެ އެވެ. ދަނޑުވެރިކަން ކުރިއަރުވަން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ގަންނާނެ ނޭޝަނަލް އެގްރިކަލްޗާ ކުންފުންޏެއް އުފެއްދުމަކީ އެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގެ ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ގަނެވޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

“މިގޮތުން، ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ” ރައީސް ވިދާޅުވިއެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި އިގްތިސާދީ ހާލަތަކީ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރަން ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރަށް ވުރެ ދަނޑުވެރިކަން ކުރިއެރުވުމަކީ އެމްޑީޕީގެ ވިސްނުމެއްކަން އަމީރު ފާހަގަކުރެއްވި އެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ހާއްސަ ޓްރެއިނިން ޕްރޮގްރާމްތަކެއްވެސް ހިންގަމުންނެވެ.  އަދި ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ވެސް  ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންހެނުންނަށް ލޯނު ޕްރޮގްރާމެއްގެ ވަކި އަދަދެއްގެ ޚާއްސަކުރީ ދަނޑުވެރިކަމަކީ އިގްތިސާދަށް ފައިދާ ކުރާ އަދި ތިމާވެށްޓާ ރަށްޓެހި ސިނާއަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެ ސޮއި ކޮށްފިއެވެ. ...

މެޑަމް ފާތުންނާއެކު ފުވައްމުލަކުގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ ޕީފީއެމްގެ ވަރަށް ހާއްސަ ޖަލްސާ އެއް ފުވައްމުލަކުގައި ބާއްވަން ...

ދިރާގު ޕްލޭ އެޕް – ކޮންމެ ތާކު، ކޮންމެ ވަގުތަކު މުނިފޫހިފިލުވުމަށް

ދިރާގުން “ދިރާގުޕްލޭ”ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. ދިރާގުން ބުނިގޮތުގައި މި އެޕްލިކޭޝަނަކީ ...