ޝާޢިރުންގެ ވާދީ : އަހަރީދުވަހުގެ ޙަރަކާތްތައް ފަށަފި

ޝާޢިރުންގެ ވާދީ އުފެދުނުތާ 1 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  ޙަރަކާތްތައް ފަށަފިއެވެ.

ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  މި ޙަރަކާތްތައް ފެށުނީ 8 ޖެނުއަރީ 2022 ވީ ހޮނިހިރު ދުވަހު ބޭއްވި ޝާޢިރުންގެ ވާދީގެ އަހަރީ ޖަލްސާ އިންނެވެ. ހުޅުމީދޫ  ޝަރީފީ  ޕްރީ ސްކޫލްގައި ބޭއްވުނު މި ޖަލްސާގައި ޝާޢިރުންގެ ވާދީގެ ރައީސް، އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ޤައުމީ ޝަރަފްވެރިކަމުގެ އެވޯޑާއި، އަދި ބަހާއި އަދަބިއްޔާތުގެ ރޮނގުން އައްޑޫއެވޯޑު  ޙާސިލުކުރައްވާފައިވާ ޙަސަން ލަބީބާއި،  2 މުސްތަޝާރުން ކަމަށްވާ ، ޅެންވެރިކަމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ އިނާމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ޝަރަފްވެރިކަމުގެ އެވޯޑު  ލިބިވަޑައިގެންފައިވާ ޢަބްދުﷲ ޢަފީފާއި، ނޫސްވެރިކަމުގެ ރިހިގަލަން ޙާޞިލުކުރައްވާފައިވާ،  ފަޟީލަތުއްޝައިޚް ޢަބްދުﷲ ހާނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ހިންގާ ކޮމިޓީގެ މެންބަރުންނާއި ޢާއްމު މެންބަރުން މިޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޝާޢިރުންގެ ވާދީގެ އަހަރީ ޢީދުގެ ނަމުގައި  ހަފްތާއަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ބޭއްވުނު އަހަރީ ޚާއްސަ ޖަލްސާގައި ، އަހަރީ ދުވަހާއި ގުޅޭ ޚާއްސަ ލަވައެއް ނެރުމާއި  ޝާއިރުންގެ ވާދީގެރައީސްގެ ޚިތާބާއި މެންބަރުންގެ ޝުޢޫރުތައް ގެނެސްދެވުނެވެ.  

އަދި މީގެ އިތުރަށް ޝާޢިރުންގެ ވާދީގެ އަހަރީ ދުވަހާއި ގުޅުވައިގެން ފޭސްބުކް އަދި ކްލަބް ހައުސް މެދުވެރިކޮށް މަޢުލޫމާތު ފޯރަމެއް ބޭއްވުމާއި ބައެއް ފަންނާނުންނާއި  ގްރީންއާޓްސް ސްޓޫޑިއޯ އަދި ޝާޢިރުންގެ ވާދީ ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެއް ޢާއްމުކުރުންވެސް އަހަރީދުވަހުގެ ޚާއްސަ ހަރަކާތުގެ ތެރޭގައި ހިމެނެއެވެ.

ޝާޢިރުންގެ ވާދީއަކީ ދިވެހި ބަސް ކުރިއަރުވައި، ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތާއި އަދި ތާރީޚު ދިރުވައި އާލާކުރުމާއެކު މި ރޮނގުން ކުޅަދާނަ ފަންނާނުން ބިނާކޮށް މުޖުތަމަޢުގައި ދިވެހިވަންތަކަން އަށަގަންނުވައި އެކަމުގެ  ރޫޙު އާލާ ކުރުމުގެ މަޤްސަދުގައި   2021 ވަނަ އަހަރު  މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ އަހަރީ ދުވަހަކީ  ޖަނަވަރީ 11 އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނާއިބް ރައީސް ފައިސަލް ނަސީމު ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

ނާއިބް ރައީސް ފައިސަލް ނަސީމު ހުޅުމީދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.  ނާއިބް ރައީސް ހުޅުމީދޫއަށް އިއްޔެ ކުރެއްވި މިދަތުރުފުޅުގައި ސަރުކާރުން އެމްޓީސީސީއާއި ...

އިރްފާން ހާން މަރުވެއްޖެ

“ކޮލޮން އިންފެކްޝަން” އަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އިރުފާން ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 12 އޮގަސްޓް  2022 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...