ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 ޕްރީއޯޑަރަށް ހުޅުވާލައިފި

ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު “ގެލެކްސީ ޒީ ފޯލްޑް3 5ޖީ” ގެ ޕްރީ އޯޑަރަށް މިއަދު ދިރާގުން ހުޅުވާލައިފި އެވެ.

މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކުރެވޭނެ އެވެ. ބޮޑު ސްކްރީނަކުން ފެށިގެން، ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަރ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗް “އިންފިނިޓީ ފްލެކްސް” ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯޓްކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރ ކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ 6 މަސްދުވަހުގެ މުއްދަތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭއިރު ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި، ބޮޑު ތިލަދުންމައްޗަށް ހާއްސަކުރަނީ

ދަ ޑިމޮކްރެޓުންގެ ވެރިިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި ބޮޑު ތިލަދުންމައްޗަށް ހާއްސަކުރައްވާނެ ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ...

އަންނަ މަހުން ފެށިގެން އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

ކޮވިޑާ ގުޅިގެންއައިލެން އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންގެ މުސާރައިން ކަނޑާލާފައިވާ އިނާޔަތްތައް އަލުން ދޭން ނިންމިކަން ރޭ އިއުލާންކޮށްފިއެވެ. އައިލެންޑް ...

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އިންޑިޔާގެ ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. ފޮރިން ...