ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 ޕްރީއޯޑަރަށް ހުޅުވާލައިފި

ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު “ގެލެކްސީ ޒީ ފޯލްޑް3 5ޖީ” ގެ ޕްރީ އޯޑަރަށް މިއަދު ދިރާގުން ހުޅުވާލައިފި އެވެ.

މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކުރެވޭނެ އެވެ. ބޮޑު ސްކްރީނަކުން ފެށިގެން، ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަރ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗް “އިންފިނިޓީ ފްލެކްސް” ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯޓްކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރ ކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ 6 މަސްދުވަހުގެ މުއްދަތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭއިރު ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ނަޝީދު ފުރާވަޑައިގެންފި

އދ.އިން އިސްނަގައިގެން ބާއްވާ،  ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް   ކުރީގެ ރައީސް މުޙައްމަދު ނަޝީދު ...

ނައިބު ރައީސް ފައިސަލް އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ

އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ފައިސަލް ނަސީމް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ...

“ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” ޝިއާރުގެ ދަށުން އައްޑޫސިޓީގައި ބޮޑު ހަރަކާތެއް ބާއްވަނީ

01 ފެބްރުއަރީ 2018ގައި ޤައުމަށް ދިމާވި ކަންކަން ހަމަޔަކަށް އެޅުމަށްފަހު އެކަން ކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދިވެހިންގެ ...