ގަމުގައި ހިންގަމުން އައި ފްލައިން ސްކޫލް ހިންގުން އެވިޑް ކޮލެޖުގެ ދަށަށް ބަދަލު ކޮށްފި

އައްޑުސީޓި ގަމުގައި އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް( އޭއޭއޭ ) ގެ ފަރާތުން ހިންގަމުން އައި ފްލައިންގ ސްކޫލު ހިންގުން އެވިޑު ކޮލެޖުގެ ދަށަށް ބަދަލުކޮށްފި އެެވެ.

ބުރާސްފަތި ދުވަހު ( 24 ޖޫން 2021 ވަނަ ދުވަހު ) ބޭއްވި ރަސްމިއްޔާތެއްގައި “އެވިޑް ސްކޫލް އޮފް އޭވިއޭޝަން” (އަސާ) އުފައްދާ އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް ދޭ ހުރިހާ ޚިދުމަތެއް އެވިޑު ކޮލެޖުން ކުރާގޮތަށް ނިންމާފައިވާ އިރު، އޭއޭއޭ ގެ ހުރިހާ މުދަލާއި ތަކެތި ވަނީ އެވިޑުގެ ނަމަށް ބަދަލު ވެފަ އެވެ.

ގަމުގެ ފްލައިން ސްކޫލް އެވިޑް ކޮލެޖާއި ހަވާލްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ : އެވިޑް ކޮލެޖް

އެވިޑު ކޮލެޖުން މުޅިން އަލަށް އުފެއްދި މި އޭވިއޭޝަން ސްކޫލާއި ބެހޭގޮތުން އެ ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ ހާލަތުގެ ގޮތުން އެ ސްކޫލުގެ އުދުހުންތައް ފެށޭވަރުވާނީ ސެޕްޓެމްބަރ މަހު ކަމަށެވެ.

އޮންލައިން ނޫސް އެޓޯލް ނިއުސް އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާގް ރަޝާދުވިދާޅުވީ އެ ސްކޫލަށް ބޭނުންވާ އިންސްޓްރަކްޓަރުން ހޯދުމަށް ސްރީލަންކާގެ ބައެއް ފަރާތްތަކާ އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

އަޅުގަނޑުމެން ވާނީ ސްރީލަންކާގެ ބައެއް ފަރާތްތަކާ އިންޓަރވިއު ކޮށްފަ. އެކަމަކު ކޮވިޑުގެ ހާލަތުގެ ސަބަބުން އެމީހުން ރާއްޖެ ގެނައުމަސް އެބަހުރި ދަތިތަކެއް. ދަރިވަރުން ހިތްހަމައެއް ނުޖެހިގެން އުޅެނީ އޭއޭއޭ ގައި ކުރިން ތިބި އިންސްޓްރަކްޓަރުންގެ ތެރެއިން އެންމެންނަކާ ނޫން.”

މުސްތާގު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެވިޑު ކޮލެޖުގެ މެނޭޖުމެންޓު ތަފާތުވާނެ ކަމަށާއި ދަރިވަރުންނަށް ދެރަވާނެ ގޮތެއް ނުހަދާނެ ކަމަށެވެ. އަދި ދަރިވަރުންގެ އަޑު އަހާނެ ކަމަށެވެ.

މުސްތާގު ވިދާޅުވީ ކިރިޔާ ވެސް ފުރުސަތެއް ލިބުމުން އިންޓަރވިއު ކޮށްފައިވާ މީހުން ގެންނާނެ ކަމަށާއި “އަސާ” އިން ދަރިވަރުންގެ މުސްތަގުބަލަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުމީދޫގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަނީ

ހުޅުމީދޫގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ހުޅުމީދޫ ސިއްހީމަރުކަޒު ފަށައިފިއެވެ.   މިގޮތުން މިއަދު ...

“އޭޝިއަން ރޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް ލިބިއްޖެ

“އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި މަހުގެ ކުރީކޮޅުގައި ޗައިނާގެ ބެއިޖިންގް ގައި ...

ޗާގޯސްގެ ސިޔާދަތީބާރު ހޯދަން ފުރުޞަތު ލިބި އެ ފުރުޞަތު ދޫކޮށްލީ ކުރީ ސަރުކާރުން: ޝާހިދު

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން މިހާތަނަށް ޤަބޫލުކުރައްވައިފައި ނުވާކަމަށާއި، އަދި އެކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފަހުފުރުޞަތު ...