މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މީދޫގެ މިސްކިތްތަކުގައި ހުކުރު ނުކުރާތާ 6 ހުކުރު ފާއިތުވެގެން ދިއުމަށްފަހު މިއަދު މީދޫގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް 19 އާއި ގުޅިގެން 13 މެއި 2021 ( 01 ޝައްވާލް ) ވަނަ ދުވަހުން ފެށިގެން ހުޅުމީދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާނު ކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އެންގުމާއި ގުޅިގެން އެދުވަހުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރުން މެދުކަނޑާލާފައިވާތީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވެއެވެ.

 އެހެންނަމަވެސް 19 ޖޫން 2021 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާގުޅިގެން  36 ދުވަސް ފަހުން ހުޅުމީދޫ މިސްކިތްތަކުގައި ނަމާދު ކުރަންވަނީ ފަށާފައެވެ.

މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުއްދަ ލިބުމާއި ގުޅިގެން މިއަދު ( 25 ޖޫން 2021  ވަނަ ދުވަހު ) މީދޫގެ މިސްކިތްތަކުގައި ހުކުރު ނަމާދު ޖަމާއަތުގައި މިކުރެވެނީ ޖަމާއަތުގައި ހުކުރު ނުކުރާތާ 36 ދުވަސް ފަހުނެނެވެ.

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ތިރީގައި ދަންނަވާފައި އެވަނީއެވެ.

# މަސްޖިދުލް އިބްރާހިމް މަޖުދުއްދީން

  • އިމާމު: އަލްފާޟިލް އަލީ އަންވަރު / ޝޭޑީ، މީދޫ
  • ބަދަލުގައި : އަލްފާޟިލް މުހައްމަދު ރަޝީދު / ސޯސަންވާދީ ، މީދޫ
  • ބަންގި ގޮވުން: އަލްފާޟިލް އަބްދުﷲ ޚަލީލު  / ރޯޝަނީހައުސް،މަރަދޫފޭދޫ

#   މާމިސްކިތް ( ހުކުރު މިސްކިތް )

  • އިމާމު: އަލްފާޟިލް މުހައްމަދު ފަރީދު/ ޓިއުލިޕް، މީދޫ
  • ބަދަލުގައި: އައްޝެއިޚް އަބްދުﷲ ހާނީ / ދާރުލްއަމާން ،މީދޫ
  • ބަންގި ގޮވުން: އަލްފާޟިލް އަހުމަދު މައުސޫމްދީދީ/ދިޔަދުރުގަސްދޮށުގެ ،މީދޫ

#   މަސްޖިދުއް ތަޒުކިރާ

  • އިމާމު: އަލްފާޟިލް މުހައްމަދު އަބްދުލްކަރީމު/ މަސާއުލްބަރުދު، މީދޫ
  • ބަދަލުގައި: އަލްފާޟިލް އަހުމަދު ނަޖީބު /މަލަ ، މީދޫ
  • ބަންގި ގޮވުން: އަލްފާޟިލް ހަސަން ހަލީމު/ވިޓޯރިޔާ، މީދޫ

#  މަސްޖިދުއް ޝޭޚުއަލީ

  • އިމާމު:އަލްފާޟިލް އަހުމަދު އަބްދުލް މުހުސިނު ރިވެލި،  މީދޫ
  • ބަދަލުގައި : އައްޝެއިޚް އަބްދުﷲ ނަޖީބު/ އަސްރުމާގެ ، މީދޫ
  • ބަންގި ގޮވުން: އަލްފާޟިލް ހަސަން އިބްރާހިމް/ލަގްޒަރީ ، މީދޫ
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ...

ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް- އިބްރާހިމް ޒުބައިރު

ކޮވިޑް 19 އާއި ގުޅިގެން ހުޅުދޫއާއި މީދޫ ކަރަންޓީނުކޮށް ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ...

އޭއެފްސީ ކަޕުގެ ބައެއް މެޗުތައް އައްޑޫގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް އައްޑޫގައި ކުޅެން ނިންމައިފިއެވެ. އޭއެފްސީ ކަޕްގެ ބައެއް ...