advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޮލެންޑާ ސްޕޭން ބައްދަލުކުރި މެޗު 1 – 1 ން އެއްވަރުވެގެން ނިމިއްޖެއެވެ. މިއީ ބޮޑު މުބާރާތެއްގައި މިދެޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ.

މެޗު ފެށުނީއްސުރެ ރީތި ޕާސްތަކެއް އުފައްދާ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްޕޭނުންނެވެ. މުޅި މެޗުގައި ސްޕޭނުންވަނީ ޕޮލެންޑްގެ ގޯލާ އަމާޒުކޮށް 5 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޕޮލެންޑަށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. މެޗުގެ 25 ވަަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ޖަހައިދިން ލަނޑާއެކު ސްޕޭނުންވަނީ މެޗުގަައި ލީޑު ނަގާފައެވެ. ގެރާޑް މޮރީނޯ ދިން ބޯޅައަކުން މޮރާޓާ ޖެހި މިލަނޑު އޮފްސައިޑްކަމަށް ފުރަތަމަ ރެފްރީ ނިންމި ކަމުގައިވިއަސް ވީއޭއާރްގެ އެހީގައި މިލަނޑުވަނީ ދީފައެވެ.

ސްޕޭނުން ލަނޑުޖެހިތާ ނުވަވަރަކަށް މިނެޓު ފަހުން އެޓީމުގެ މޮރީނޯއަށް ވަނީ ސްޕޭނަށް ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ލިބުނު ހިލޭޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މިހާފުގައި ޕޮލެންޑްގެ ލެވަންޑޮސްކީއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ސްވިޑާސްކީ ފޮނުވާލި ބޯޅަ ގޯޅު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ލެވަންޑޮސްކީ ފޮނުވާލި ބޯޅަ ސްޕޭނުގެ ކީޕަރު އުނައި ސައިމޮންވަނީ ހުސިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޮސްކީވަނީ ޕޮލެންޑަށް ނަތީޖާ ހަމަކޮށްދީފައެވެ. މިލަނޑަކީ ޕޮލެންޑްގެ ޖޮޒްވިއެކް ނަގައިދިން ރީތި ހުރަހެއް ބޮލުން ގޯލަށް ފޮނުވާލާގެން ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ 65 ވަނަ މިނެޓުގައި މެޗުގައި ލީޑު ނަގައި ކުރި ހޯދަން ސްޕޭނަށްވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލޮރެންޓޭ ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލާ ދިމާއަށް ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރެސްއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަވަނީ ގޯލަށް ވަންނަ ގޮތް ނުވެފައެވެ.

މިމުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާލާއިރު ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު ގުރޫޕް އޭގެ ފަހު މެޗުތައް ކުޅެވޭނެއެވެ. ގުރޫޕް އޭގެ ފަހު މެޗުގައި މިރޭ އިޓަލީން ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. އަދި ސުވިޒަލޭންޑުން ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަންގްރިއްލާ އަލުން ހުޅުވައި، އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރާނީ މި ސަރުކާރުން: ފައިސަލް

އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަލުން ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ...

ޔުނައިޓެޑް ދޫކޮށްލުމަށްފަހު އިބްރާހިމޮވިޗް މޭޖާ ލީގަށް ބަދަލުވަނީ

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޒްލަޓަން އިބްރާހިމޮވިޗް އެމެރިކާގެ މޭޖާ ލީގް ސޮކާގެ ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފި ...

ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފި

ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފިއެވެ. މިމަސައްކަތާއިބެހޭ މައުލޫމާތު ހާމަކުރަމުން، ...