އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަލުން ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވާފައިވަނީ ސަރުކާރުގެ %30 ހިއްސާ އަދި ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ %70 ހިއްސާއާ އެކުއެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަހުގެތެރޭގައި ސަރުކާރުން ވަނީ ހިއްސާ ދޫކޮށްލާފައެވެ. ސަރުކާރުން ހިއްސާ ދޫކޮށްލީ ކޯވިޑައި ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރުމަށްފަހު އަލުން ނުހުޅުވާ ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވަމުންދާތީއެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުންއައި ރިސޯޓެކެވެ. ނަމަވެސް އެތަން ބަންދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް ދެމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވީ ޝަންގްރިއްޔާ އޮޕަރޭޝަނަށް ގެނައުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

“ވަރަށް ބޮޑު އުއްމީދެއް މިއީ، އެކަން ހާސިލްކުރުމަށް މިދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން، ވަރަށް ކައިރި މުސްތަޤްބަލެއްގައި ޝަންގްރިއްލާގެ އިޝޫއަށްވެސް ހައްލެއް ލިބި އައްޑޫގެ ޒުވާނުންނަށް 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ” ވަޒީރު ވިދާޅުވިއެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގައި އަޕްމާކެޓަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރާނީ މި ސަރުކާރުން ކަމަށާއި، މެދުކެނޑުމެއް ނެތި އެމަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެގޮތުން ޗައިނާ އީސްޓަން އެއަރލައިން އިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަަމަށެވެ.

ޗައިނާ އައިޓީބީގައި ޗައިނާ އީސްޓަން އެއަރލައިންއާއި އެކު އެވާހަކަ މަޝްވަރާކުރިން، އައްޑޫ އަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ޑައިރެކްޓު ފްލައިޓު ގެނެވޭނެގޮތަކާއި މެދު، ޗައިނާ އީސްޓަން އެއަރލައިންގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ އައިސް މަޝްވަރާކުރާނެ، އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އައްޑޫއަށް ޑައިރެކްޓު ފްލައިޓު ގެނައުމުގައި ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ އަތޮޅެއްގައި ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް 4000-6000 ދެމެދުގެ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ބޭނުންވާ ކަމަށެވެ. މި ޢަދަދަށް ފަތުރުވެރިކަމުގެ އެނދުތައް ތަރައްޤީކުރުމުގައި ލޯކަލް ޓޫރިޒަމަށް އިސްކަން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތޮއްޑޫގައި ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން ...

ކޮވިޑް 19 – ހުޅުދޫން އަލަށް 5 މީހުން ޕޮޒިޓިވްވެއްޖެ

ހުޅުދޫން އަލަށް 3 މީހުންނާއި ދެކުޑަކުދީން  ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ސިއްހީމަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި ހުޅުދޫން ...

ސަރުކާރު ދެން ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާ، ގަޓް އެބަހުރި: އިމްރާން

މި ސަރުކާރު އައީވެސް މި ސަރުކާރު ދެމި އޮންނާނީ ވެސް އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާކަމަށް ކޯލިޝަނުގެ ...