މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޒްލަޓަން އިބްރާހިމޮވިޗް އެމެރިކާގެ މޭޖާ ލީގް ސޮކާގެ ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔާހޫ ސްޕޯޓް ޔޫކޭ އިން ބުނީ މި ސީޒަނަށްފަހު ޔުނައިޓެޑާއެކު އިބްރާހިމޮވިޗް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް މޭޖާ ލީގް ސޮކާގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުންދާ އިބްރާހިމޮވިޗް ގެންދިއުމަށް ޗައިނީޒް ސުޕާލީގްގެ ކްލަބްތަކުންވެސް އަންނަނީ މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 37 އަހަރުގެ އިބްރާހިމޮވިޗަށް ދިމާވި އަނިޔާއިން ސަލާމަތްވެ، އޭނާ ވަނީ ނޮވެމްބަރު މަހު ކުޅުމުގެ ތެރެއަށް އައިސް މިހާތަނަށް ޔުނައިޓެޑަށް ހަތް މެޗު ކުޅެދީފަ އެވެ.

މަލްމޯ އިން ކެރިޔަރު ފެށި އިބްރާހިމޮވިޗް ވަނީ އަޔެކްސް އާއި ޔުވެންޓަސް އަދި އިންޓަމިލާން ފަދަ ކްލަބްތަކަށް ކުޅެފަ އެވެ. އޭނާ ވިދާލީ ބާސެލޯނާއިންނެވެ.

އިބްރާހިމޮވިޗް ވަނީ ބާސާ އަށް ކުޅުނު 46 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު އޭނާ ދެން ބަދަލުވީ އޭސީ މިލާނަށެވެ. އެގޮތުން އޭނާ ވަނީ އޭސީ މިލާނަށް ކުޅުނު 85 މެޗުގައި 56 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އޭސީ މިލާންގައި ދެ ސީޒަން ހޭދަކުރުމަށްފަހު އިބްރާހިމޮވިޗް ދެން ބަދަލުވީ ޕީއެސްޖީ އަށެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 180 މެޗުގައި 156 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އިބްރާހިމޮވިޗް ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 53 މެޗުގައި 29 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާއެކު މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީއަށް ވެރިކަން ލިބޭނީ ނިޒާމު ބަދަލުކޮށްގެން – ނަޝީދު

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހުގެ ކިބައިން ...

ދޮށީއުމުރުގެ މީހުންނަކީ ގަދަރުވެރިކަމާއެކު ދިރި އުޅެވޭނެ ބަޔަކަށް ހަދާދޭނަން- ރައީސް ސޯލިހު

ދޮށީ އުމުރުގެ މީހުންނަކީ ގަދަރުވެރިކަމާ އެކުގައި ދިރިއުޅެވޭ ބަޔަކަށް  ހަދައި ރައްކާތެރި ވެއްޓެއްގައި ހަށިހެޔޮ، ދުޅަހެޔޮ ކަމުގައި އުޅެވޭނެ ...

މިރޭ ކުޅެވޭ ފައިނަލްމެޗްގައި ޑީކޭގެ ސަމީނުއަށް ނުކުޅެވޭނެ

ވާތު ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޑީކޭގެ ކެޕްޓަން ސަމީނުއަށް މިރޭ ކުޅެވޭ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި ...