ކޯވިޑް-19 : އެންމެފަހުން ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިން ނުޖަހާ – ޑރ. ޝަހީދު

ކޮވިޑް-19 ޖެހިގެން މިދިޔަ 3 ދުވަހުގެތެރޭގައި ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައިނުވާކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެއެވެ.

ޓެގްޓީމުގައި ހިމެނިވަޑައިގަންވާ ޑރ. ޝަހީދު މިހެން ވިދާޅުވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ޓެގް ޓީމްގެ ޑޮކްޓަރ، ޑރ. ޝަހީދު އިތުރަށް ވިދާޅުވީ
މިމަހުގެ މިހާތަނަށް ކޮވިޑް-19 ބަލީގައި 23 މީހުން ނިޔާވެފައިވާކަމަށާއި، މިދިޔަ 3 ހަފްތާގައި ނިޔާވި އެންމެނަކީވެސް އެކި ބަލިތަކުގައި ދިގުމުއްދަތަކަށް ފަރުވާހޯދަމުންދިޔަ މީހުންކަމަށެވެ.

ފަހަކަސް އައިސް ނިޔާވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ 80 އަހަރުން މަތީގެ މީހުންކަމުގައިވީނަމަވެސް އެޑްމިޓްކޮށްގެންނާއި އަސީޔޫގައިވެސް މިހާރު ޒުވާން އުމުރުފުރާގެ މީހުންނަށް ފަރުވާދެމުންދާކަން ޑޮކްޓަރުވަނީ ކަންބޮޑުވުމާއެކު ފާހަގކުރައްވާފައެވެ.

އަދި އެންމެ ފަހުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުނަކީ ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައިވާ ބައެއްނޫންކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

“މިމަހުގެ 14، 15، 16 މިތިން ދުވަހު ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒްއް ލިބިފައިނުވާ މީހުންކަން ފާހަގަކޮށްލަން” ޑރ. ޝަހީދު ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ މާލެ ސަރައްދުގައިއާ އެނޫންވެސް ރަށްރަށުގައި ބައެއް ވެކްސިންތައް މިހާރުވެސް ޖަހަމުންދާއިރު ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ޑޮކްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް މަރުވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވިގެން ނިޔާވެފައި ނުވާކަން ފާހަގަކުރައްވަމުން ޑރ. ޝަހީދުވިދާޅުވީ މިހާރު ހުރި ގޮންޖެހުންތަކާއެކުވެސް އެންމެ ސީރިއަސްވާ މީހުންނަށް ދޭންޖެހޭ ފަރުވާއާއި ފޯރުކޮށްދޭންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރަމުން ގެންދާކަމަށެވެ.

މަސްދަރު : ޕީއެސްއެމްނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 88 އިންސައްތަ ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ...

އައްޑޫ ހެރަތެރަ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދައިފި – ހެރެތެރެ ފެސިލިޓީގައި 270 ކޮޓަރި ހުންނާނެ

ރާއްޖޭގެ އެންމެ ދެކުނަށް ޚާއްޞަކޮށްގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ އައްޑޫ އަތޮޅު ހެރެތެރެ އައިލެންޑް ރިސޯޓުކަމަށް ޓޫރިޒަމް ...

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މީދޫގައިި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މީދޫ  އަވަށު އޮފީހާއި މީދޫގެ ކްލަބް ޖަމްއިއްޔާތަކާއި މީދޫގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ ...