އައްޑޫ ސިޓީކައުންސިލަރުން ހުވާކުރުން މާދަމާ އައްޑޫ ހައިސްކޫލްގައި

advertisement

އައްޑޫސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުން ހުވާކުރުން މާދަމާ އައްޑޫ ހައި ސްކޫލްގައި ބާއްވާގޮތައް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައްޑޫސިޓީ ކައުސިލަށް އަލަށް ހޮވުނު މެމްބަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވުނު މެންބަރުން ހުވާ ކުރުން މާދަމާ ހެނދުނު 10:00 ޖަހާއިރު އޮންނާނެ ކަމަށާއި ނަމަވެސް އައްޑޫސިޓީގައި  ކޮވިޑްގެ ހާލަތު އޮތްގޮތުން  އެ ރަސްމިއްޔާތު އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

ނަމަވެސް ކައުންސިލަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިހާރުގެ ކައުންސިލަރުންގެ އިތުރުން ދައުވަތުދީފައިވަނީ އަވަށު އޮފީސް ތަކުގެ ޑިރެކްޓަރުންނަށް ކަމަށާ މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ މުވައްޒަފުން ވެސް ބައިވެރި ނުވާނެކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި ރަސްމިއްޔާތު އައްޑޫސިޓީ ކައުންސިލްގެ  ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 މިދިޔަ އޭޕްރިލްމަހު ބޭއްވި އައްޑޫސިޓީ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލަށް   އިންތިހާބުވެފައިވަނީ އެމްޑީޕީގެ ހަ ކައުންސިލަރުންނާއި ޕީޕީއެމް 3 ކައުންސިލަރުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި 3 ކައުންސިލަރުންނެވެ. ނަމަވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާގޮޑިއެއްވެސް ލިބިފައިވަނީ  އެމްޑީޕީއަށެވެ.

މޭޔަރަކަށް ހޮވިވަޑައިގަތީ އެމްޑީޕީން ވާދަކުރެއްވި އަލީ ނިޒާރެވެ.

ކައުންސިލުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު މެންރުފަހު 13:00 ގައި އާ ކައުންސިލްގެ ފުރަތަމަ ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު  މި ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓު ކައުންސިލަރުންގެ މެދުގައި ކުރިއަށް ގެންދާގޮތައްވަނީ ހަމަޖެހިފައެވެ.

އަދި ވީރު 15:00 ގައި އައްޑޫސިޓީ ކައުންސިލް ޗެމްބަރގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފުރަތަމަ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަދި ނައިބު ރައިސާގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވޭނެކަމަށްވެސް ސިޓީކައުންސިލްގެ ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ.

މި ވޯޓުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލްގެ ޒިއްމާދާރު ވެރިޔާ ކުރީގެ ޑިޕިއުޓީ މޭޔަރު ޔަސްރިފްގެ ބެލުމުގެ ދަށުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނދެވަނަމެޗްވެސް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ދެވަނަމެމެޗްވެސް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ރޭ ކުޅެވުނު ...

މޫސުން ގޯސްވުމުން މެދުތެރޭގެ ބައެއް އަތޮޅުތަކާއި ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ ވ އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. މި ސަރަޙައްދަށް ...

ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ބޯޓު ނަގަން މުހުލަތެއް ދީފި

ކޮޅުމަޑުލު ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރި ފަރާތުން އެ ބޯޓު ނަގަން އެ ރަށު ކައުންސިލުން ...