މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެވެ.
މަރަދޫފޭދޫ ވޮލީޓީމްގެ ދައުވަތަކަށް މިމަހުގެ 5 ވަނަ ދުވަހު މީދޫވޮލީޓީމް މަރަދޫފޭދުއަށްގޮސް މަރަދޫފޭދޫގައި ކުޅެވުނު މިމެޗުން މީދޫ ވޮލީޓީމް ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ.
މިމެޗްގައި މަރަދޫފޭދޫ ޓީމުގެ ކުޅުންތެރީންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު ވަރުގަދަ ކުޅުމެކެވެ. އެހެންނަމަވެސް މީދޫ ޓީމްގެ ބައެއް ކުޅުންތެރީންގެ ފަރާތުން ވަރަށް ފަރުވާކުޑަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި މެޗު ފުރަތަމަސެޓް މަރަދޫފޭދޫ ޓީމް ކާމިޔާބުކުރީ 25-20 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓް 25-17 އިން ހޯދީ މީދޫޓީމެވެ.
މިމެޗްގެ 3 ވަނަ ސެޓް 25-17 އިން އަދި 4 ވަނަ ސެޓްވެސް 25-17 އިން ކާމިޔާބުކޮށް ވޮލީބޯޅައިގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މީދޫޓީމެއްގެ އަތުން މަރަދޫފޭދޫ ފިރިހެންޓީމެއް މޮޅުވުމުގެ ޝަރަފް މިމެޗްގައި ވާދަކުރި މަރަދޫފޭދޫޓީމްވަނީ ހޯދާފައެވެ.
މިމެޗަކީ މީދޫގެ ވޮލީ ކުޅުންތެރީންނާއި މަރަދޫފޭދޫ ވޮލީ ކުޅުންތެރީންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް މުޖުތަމައުގެ ކަންކަންކަމުގައި ދެރަށުގެ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ކުޅެވުނު މެޗެކެވެ.
ކޮމެންޓްސް (0)