މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެވެ.

މަރަދޫފޭދޫ ވޮލީޓީމްގެ ދައުވަތަކަށް މިމަހުގެ 5 ވަނަ ދުވަހު މީދޫވޮލީޓީމް މަރަދޫފޭދުއަށްގޮސް މަރަދޫފޭދޫގައި ކުޅެވުނު މިމެޗުން މީދޫ ވޮލީޓީމް ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ.

މަރަދޫފޭދޫ ވޮލީޓީމް: ފުރަތަމަ ފަހަރަށް މީދޫ ވޮލީޓީމެއްގެ އަތުން މޮޅުވުމުގެ ޝަރަފް ހޯދި

މިމެޗްގައި މަރަދޫފޭދޫ ޓީމުގެ ކުޅުންތެރީންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު ވަރުގަދަ ކުޅުމެކެވެ. އެހެންނަމަވެސް މީދޫ ޓީމްގެ ބައެއް ކުޅުންތެރީންގެ ފަރާތުން ވަރަށް ފަރުވާކުޑަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު  މި މެޗު ފުރަތަމަސެޓް މަރަދޫފޭދޫ ޓީމް ކާމިޔާބުކުރީ 25-20 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓް 25-17 އިން ހޯދީ މީދޫޓީމެވެ.

މިމެޗްގެ 3 ވަނަ ސެޓް 25-17 އިން އަދި 4 ވަނަ ސެޓްވެސް 25-17 އިން ކާމިޔާބުކޮށް ވޮލީބޯޅައިގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މީދޫޓީމެއްގެ އަތުން މަރަދޫފޭދޫ ފިރިހެންޓީމެއް މޮޅުވުމުގެ ޝަރަފް މިމެޗްގައި ވާދަކުރި މަރަދޫފޭދޫޓީމްވަނީ ހޯދާފައެވެ.

މިމެޗަކީ މީދޫގެ ވޮލީ ކުޅުންތެރީންނާއި މަރަދޫފޭދޫ ވޮލީ ކުޅުންތެރީންގެ  މެދުގައި އޮންނަ ގުޅުން ބަދަހިކޮށް މުޖުތަމައުގެ ކަންކަންކަމުގައި ދެރަށުގެ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ކުޅެވުނު މެޗެކެވެ.

5-9-2020- މަރަދޫފޭދޫ ވޮލީކޯޓް: މީދޫ ޓީމާ މަރަދޫފޭދޫ ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން
5-9-2020- މަރަދޫފޭދޫ ވޮލީކޯޓް: މީދޫ ޓީމާ މަރަދޫފޭދޫ ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ސްޕެއިން އާއި ސްވިޑަންގެ ކުރިމަތިލުން އެއްވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަމެޗް އެއްވަރުވެގެން ނިމިއްޖެވެ.    ސްޕެއިން ހިމެނޭ ގްރޫޕް އީގައި ހިމެނޭ ...

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފ

އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތައް ނިންމީ ...

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ބައްދަލުކުރައްވައިފި

އަަލަށްއެކުލަވާލި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ...