ގައުމު ސްޓްރީޓް ކަޕް ފެށުމުގެ ގޮތުން ކުޅެވުނު ފުޓްސަލް މެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފި

ގައުމުއެފްސީން އިންތިޒާމްކޮށްގެން މީދޫގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ” ގައުމު ސްޓްރީޓްކަޕް ” ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހިމެނިގެން ކުޅެވުނު އަންހެނުންގެ ފުޓްސަލްމެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅެވުނު މިމެޗް ފަރިޓީމް ކާމިޔާބުކޮށްފައިވަނީ މީދޫޓީމާ ވާދަކޮށް 3 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި ފަރިޓީމުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން ފުރަތަމަލަނޑު ފުރަތަމަ ހާފްގެ 2  ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒައިނާއެވެ.

މިމެޗްގައި ފަރިޓީމުން ކާމިޔާބުކުރި 2 ވަނަ ލަނޑު ދެވަނަ ހާފްގެ 8 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މަމްޝޫދާއެވެ. އަދި އެޓީމްގެ 3 ވަނަ ލަނޑު 9 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަ ލަނޑުވެސް ކާމިޔާބުކޮށްދިން ޒައިނާއެވެ.

މީދޫ ކައުންސިލަރު ހިޔާޒު ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް މިމެޗްގައި ފަރިޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން ޒައިނާއެވެ.

މިމެޗުން މޮޅުވިޓީމަށް ގައުމު އެފްސީން ޓްރޮފީއެއްދީފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެން ޖަހަން އުޅުމުގެތެރޭގައި ވެއްޓި އަނިޔާވި ފުވައްމުލަކު ޒުވާނާ މާލެ ގެންގޮސްފި

ފުވައްމުލަކު ސިޓީގައި އިއްޔެ ފެން ޖަހަމުން ދިޔަ ބައެއްގެ ކިބައިން ސަލާމަތްވާން އުޅެނިކޮށް ސައިކަލުން ވެއްޓި އަނިޔާވި ޒުވާން ...

ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް ދައްކުބައިދޭ ފޮޓޯތައް އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯތައް ...

ލިވާތުކުރުމަކީ އެހެން މީހަކަށް ނުރައްކަލެއް ނޫންނަމަ، ސަދޫމް އެފުށް މިފުށަށް ނުޖެއްސެވީސް: ޑރ.މޫސާ އަންވަރު

ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ، ސަދޫމްގެ މައްޗަށް އޮތް ފުށް، ވަތަށް އޮތް ފުށްކަމުގައި ...