ޔޫތު ޗެލެންޖް ކަޕް 2020 – އެފްސީ ބަސްޕާކް ބަލިކޮށް އަމީގޯސް ފައިނަލަށް

9 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން އެފްސީ ބަސްޕާކް ބަލިކޮށް އެފްސީ އަމީގޯސް ޔޫތު ޗެލެންޖާސް ކަޕް 2020 ގެ ފައިނަލަށް ދަތުރުކޮށްފި އެވެ

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް އަމީގޯސް ޓީމުން ކާމިޔާބުކުރި 9 ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރަޔަންއެވެ. އެޓީމުގެ އަނެއް 5 ލަނޑުގެ ތެރެއިން ގުރޫ ދެލަނޑު ، ޑިއު 1 ލަނޑު އަދި ލެވިޗް 1 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑަކީ ބަސްޕާކުގެ އިންތިއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އަމީގޯސްއަށް ލަނޑުތައް ކާމިޔާބުކޮށްދިން ގުރޫ ، ރަޔަން ، ޑިވް އަދި ލިވެޗް

ބަސްޕާކުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން އިންތި 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިމްރާނެވެ.

އިއްޔެ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި އަމީގޯސްއަށް 4 ލަނޑު ކާމިޔާބުކޮށްދިން ރަޔަންއެވެ.

ބަސްޕާކަށް ލަނޑުތައް ކާމިޔާބުކޮށްދިން އިންތި އަދި އިމްރާން

މިމުބާރާތުގެ ފައިނަލް މެޗްކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ( 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުއެވެ. )

ފައިނަލްމެޗްގައި ބައްދަލުކުރާނީ އަމީގޯސްއާއި އެތުލެޓިކް އެފްސީއެވެ. މިދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކޮށް ކުޅުނުމެޗް 12 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން ކާމިޔާބުކުރީ އަމީގޯސްއެވެ.

އެހެން ކަމުން ގިނަ ބަޔަކު ގަބޫލްކުރާގޮތުގައި މާދަމާގެ ފައިނަލްވެސް އެތުލެޓިކް ފަސޭހަކަމާއެކު ބަލިކުރުމަށްފަހު އަމީގޯސްއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ...

ހަނި ތަފާތަކުން ރަފިއްޓޭ ބަލިކޮށް ދެކުނު ދާއިރާގެ ޓިކެޓް އައިބީއަށް

ފޭދޫ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް ހަނި ތަފާތަކުން އިބްރާހިމްދިދީ (އައިބީ ) ކާމިޔާބުކުރައްވައިފި އެވެ. ޕީޕީއެމް/ޕީއެންސީގެ ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ޝިފްނާގެ މޮޅު ކުޅުމާއެކު ހެލްތު ސެންޓަރުން މިފްކޯ ބަލިކޮށްފި

ހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ގެންދާ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް 2022″ ނެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ...